ބޭނުންވާ ތަކެތި
- 2 ޖޯޑު ވިޕިން ކްރީމް
- ½ ދަޅު ގެރިކިރު
- 1 ޖޯޑު މެންގޯ ޕިއުރީ
- 1 މޭޒުމަތީ ސަމުސާ ދިޔާކިރު
- 1 ޕެކެޓް މާރީ ބިސްކޯދު
- އަނބު ސްލައިސަސް
ތައްޔާރުކުރާނެ ގޮތް
ކޮންޓެއިނަރަކަށް ވިޕިން ކްރީމް، ގެރިކިރު، މެންގޯ ޕިއުރީ އަދި ދިޔާކިރު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
ޓްރޭއަކަށް މާރީ ބިސްކޯދުތައް އެތުރުމަށްފަހު މީގެ މަތީގައި ތައްޔާރުކުރި ކްރީމްކޮޅު ފަތުރާލާށެވެ. ދެން މީގެ މަތީގައި އަނބު ސްލައިސްތައް އަތުރާލުމަށްފަހު މީގެ މަތީގައި އަނެއްކާވެސް ބިސްކޯދު ލޭޔާއެއް ފަތުރާލާށެވެ. މިގޮތައް ލޭޔާ ކުރަމުން ގެންދާށެވެ. އެންމެ މަތީގައި ހުންނަންވާނީ ކްރީމް ލޭޔާއެކެވެ.
ދެން މި ޓްރޭ ފިނިކުރުމަށް ފްރިޖްގައި ބަހައްޓާލާށެވެ.



