ސަރުކާރުގެ މެނިފެސްޓޯގައިވާ ވައުދުތައް ފުއްދެވުމަށް 200 އަށްވުރެ ގިނަ އިސްލާހާއި އާ ބިލްތައް ހިމެނޭހެން ގާނޫނުތައް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ބޭނުންވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިމަހުގެ 21 ގައި ބާއްވާ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ހިޔާ ޕާކުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި ހަތަރު މަސް ދުވަހު މަޖިލީހުން މަސައްކަތް ކުރަމުންދިޔައީ ސަރުކާރާއި ރައްޔިތުންގެ ކިބައިން ބަދަލުހިފަން ކަމަށެވެ. އެހެންކަމުން އެ މީހުންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ އެއަށްވުރެ ކަންކަން ނުބައިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
”ސަރުކާރުގެ މެނިފެސްޓޯގައިވާ ހުރިހާ ވައުދުތައް ފުއްދެވުމަށް 200 އަށްވުރެ ގިނަ އިސްލާހާއި އާ ބިލްތައް ހިމެނޭހެން ގާނޫނުތައް ފާސްކުރަން މަޖިލީހުގެ އެހީތެރިކަން ބޭނުންވޭ. މިކަންކަމެއް ނުވާނެ މިކަންކަން ކޮށްދިނުމުގެ ވިސްނުމުގެ ބަޔަކު ރައްޔިތުން ހިޔާރުނުކޮށްފިނަމަ“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެފަދަ މީހުންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަމަށް ހުރަސް އަޅާނެ ކަމަށެވެ. މަޖިލިސް ތެރެއިން މިހާރުވެސް ދަނީ ހުރަސް އަޅަމުންކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުން އެފަދަ މަޖިލީހަކަށް ފުރުސަތު ދީގެން ނުވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓާލީ މި ސަރުކާރުން ނޫން ކަމަށާއި ރިޔާސީ އިންތިހާބުގެ ކުރީންވެސް އެ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށެވެ. މަޝްރޫއުތައް ހުއްޓިފައި ހުރީ ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން ކަމަށާއި އެގޮތުން ދޭންޖެހޭ ނުވަ ބިލިއަން ރުފިޔާ މި ސަރުކާރުންދީ މަޝްރޫއުތަކުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމުން އަލީ ހުސެއިން: އިބިލީހަށް ވެސް އެ
ރަނގަޅަށް މަސައްކަތް ނުކުރެވިގެން މި އުޅެނީ މުވައްޒަފުންގެ ދަތިކަމާހުރެ: ހައިދަރު
ހައްޖަށް ދާ މީހުންގެ ކާޑަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަން
ޕަބްލިކް ވޯކްސްއަށް ގެނައި ޑްރެޖަރުތަކާއި ލޭންޑިން ކްރާފްޓުތައް ގެއްލިއްޖެ
މަގޫދޫގައި އެއާޕޯޓެއް އަޅަން ނިންމުމުން މިނިސްޓަރަށް ގޯސްވީ ކުރީ ސަރުކާރު!
ކިތަންމެ ހިތްހަމަ ނުޖެހުނަސް މުއިއްޒުގެ ވެރިކަމަށްވުރެ ސޯލިހުގެ ވެރިކަން ރަނގަޅު: ޔާމީން