މިދިޔަ ފަސް އަހަރު މާލެއަށް ކޮށްދިން ކަމެއް ފެންނަން ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ
މި މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ ރިފާއު (ބޮޗޭ)ގެ ކެމްޕެއިން ހަރަކާތުގައި ރައީސް ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެ މާލެ ތަރައްގީކުރަން ފުރުސަތު ލިބުނު ނަމަވެސް އެ ފުރުސަތު ދޫކޮށްލެއްވި ކަމަށެވެ.
އެ ފަސް އަހަރުގައި މާލެއަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާއިރު، މިދިޔަ ފަސް އަހަރުގެ ތެރޭގައި މާލެއަށް ކަމެއް ކޮށްދެވުނީ އެ މަނިކުފާނު މޭޔަރަކަށް ހުންނެވި މުއްދަތުގައި ސިޓީ ކައުންސިލުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މާލޭގެ އިތުރުން ޖުމުލަކޮށް މުޅި ރާއްޖެއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބު ބޯމަތިވުމުން ސަރުކާރުން މާލެ ކައިރީ ނުހިއްކާ އޮތް ފަޅަކުން ގޯތި ދިން ނަމަވެސް އެއީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރި ކަމެއް ނޫން ކަމަށެވެ.




ގުޅުންހުރި
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ޔާމީން އާއެކު މަސައްކަތްކުރަން ނަޝީދު އާއި ސޯލިހު
ރިސޯޓު މުވައްޒަފުންނަށް ރިސޯޓާ ކައިރިން ބޯހިޔާވަހިކަން ހަމަޖައްސާނަން: ރައީސް
މާލެ-ހުޅުމާލެ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކް އަޅަނީ
ތަކުރާރުކޮށް ކުށްކުރާ މީހުންގެ މައްސަލަތައް އަވަސްކުރަނީ
ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފުކޮށްފި
ވައި ނުސާފުވުމުން މޭޔަރު އާޒިމްގެ އިލްތިމާސް: މާސްކު އަޅުއްވާ، ބޭރަށް ނުކުމެ