ރަށްރަށް އަންނަންހުރި ތަރައްގީގައި ކޮޅުފައިން ޖަހާނުލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
މިމަހުގެ 21 ގައި ހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިނގިލި ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ޔަޒްމީދު މުހައްމަދުގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމަށް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ މަނިކުފާނުވަނީ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއުތަކެއްގެ ވައުދުތަކެއްވެސް ވިލިނގިލިއަށް ވެވަޑައިގެންފައިވާ ކަމަށާއި އެކަމުގެ މަސައްކަތްތައްވެސް ބާރަށް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
”ރަށަށް އޮތީ ތަރައްގީ އައިސް ކުރިމަތީގަ. އޭގަ ކޮޅުފައިންޖަހާ ދޫކޮށްލާ ފަސް އަހަރު ބޭކާރުކޮށްލުންނުވާނެ ހެޔޮ ކަމަކަށް،،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދަން އެފަދަ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ބަޖެޓު ފާސްކޮށްދެނީ މަޖިލީހުން ކަމަށާއި އަދި މަޝްރޫއުތަކާ ގުޅޭ އެއްބަސްވުންތަކާއި ހިލޭ އެހީތަކުގައި މަޖިލީހުގެ ވަރަށް ބޮޑު ދައުރެއް އެކުލެވޭ ކަމަށެވެ. އެހެންކަމުން ސަރުކާރަށް އެއްބާރުލުންދޭނެ ކެންޑިޑޭޓަކު މަޖިލީހަށް އިންތިހާބު ކުރުން މުހިންމުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ނިޒާމު ބައްޓަންވެފައިވާ ގޮތުން ސަރުކާރުން ރައްޔިތުންނަށް ކަމެއްކޮށްދޭން ބޭނުންވިޔަސް އެކަމެއް ކުރެވެނީ މަޖިލީހުގެ ބޮޑު އެއްބާރުލުމާއެކުކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ބޭކާރު ގޮތެއްގައި އަދި ނަމެއްގައި މަޖިލީހުގެ ގޮނޑީގައި ފަސް އަހަރަށް އިށީންނާނެ މީހަކު އިންތިހާބު ކުރުމަކީ ސަރުކާރަށް އެފޯޑް ކުރެވޭނެވަރުގެކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.




ގުޅުންހުރި
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
ވިލިނގިލި ޑުރަގް ނެޓްވޯކު: އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ، 4 ލައްކަ
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި