ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ގޮތުން ބާއްވާ ޖަލްސާގައި އެ މަނިކުފާނު ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3،000 މެންބަރުންގެ ފޯމު ހަމަވުމާ އެކު އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުފެއްދުމުގެ ޖަލްސާ އަށް ޕީއެންއެފް އަށް ހުއްދަ ދިނީ، މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ޖަލްސާ މާދަމާ ރޭ ބާއްވަން ވަނީ ނިންމައިފަ އެވެ.
ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ޔާމީން އެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދައަށް އެދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ޖަލްސާގައި ބައިވެރިވުމަށް ޔާމީންގެ ފަރާތުން ހުއްދައަށް އެދުނުކަން ކަރެކްޝަންސް އިން ވެސް ކަށަވަރުކޮށްދެ އެވެ.
ނަމަވެސް ޕީއެންއެފް އުފައްދަން ބާއްވާ ޖަލްސާގައި ޔާމީން ބައިވެެރިވެ ވަޑައިގަންނަވަނީ ކަރެކްޝަންސް އިން އެކަމަށް ހުއްދަ ދީގެން ކަމެއް ނޫން ކަމަށް އަދި ނޭނގެ އެވެ.




ގުޅުންހުރި
ސާފް ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުގައި ރާއްޖެއަށް ބޮޑު މޮޅެއް
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް
ޑެންގޫ ޖެހިގެން ރިޕޯޓް ކުރި އަދަދު އިތުރުވެއްޖެ، މިދިޔަ މަހު އެކަނިވެސް
”ވާނެތަ؟“، ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހާއްސަ!
ހެޔޮއެދޭ ފަރާތަކުން ރ. އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ހައްޖަށް ފޮނުވައިދެނީ