މިމަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ވެރިކަންކުރާ މައި ޕާޓީ ޕީއެންސީން އިއްޔެ ޅ. ހިންނަވަރުގައި ބޭއްވި ޖަލްސާއެއްގައި، މިފްކޯގެ ޅ. ފެލިވަރު މަސްފެކްޓްރީގައި މަސައްކަތް ކުރާ އިދިކޮޅު ފަރާތްތަކުން ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދިނުމަށް މަޖުބޫރު ކުރުވަން ގޮވާލި މައްސަލަ ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ)ން އެދިއްޖެއެވެ.
އެ ޖަލްސާގައި އެގޮތަށް ގޮވާލާފައިވަނީ ޕީއެންސީގެ ފަރާތުން މަޖިލީހުގެ ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު އަބްދުއްރަހްމާނެވެ. ޖަލްސާގައި ވާހަކަދައްކަވަމން އޭނާ އިތުރަށް ވިދާޅުވެފައިވަނީ ފެލިވަރުގައި މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގުޅައިގެން އެއްބާރުލުން ދިނުމަށް އަންގަން ޖެހޭ ކަމަށާއި، އަދި އެއްބާރުލުން ނުދީފިނަމަ، އެއްބާރުލުން ނުދޭ މުވައްޒަފުންނާމެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
މުހައްމަދު އަބްދުއްރަހުމާން އެގޮތަށް ވިދާޅުވީ މަންޒަރު ފެންނަ ވީޑިއޯ އާންމުވުމުން، އެމްޑީޕީގެ އިސް ބޭފުޅެއް ކަމަށްވާ އަންވަރު އިބްރާހީމް ވަނީ، އެ ވާހަކަތަަކަކީ ކެމްޕޭނެއްގައި ދެއްކިދާނެ ވާހަކަތަކެއްތޯ އީސީގެ ރައީސް ފުއާދު ތައުފީގުއާ އެކްސްގައި ސުވާލު ކުރައްވައިިފައެވެ.
ފުއާދު އެކްސްގައި މިއަދު ކުރެއްވި ޕޯޯސްޓެއްގައި ވިދާޅުވީ އެފަދަ ވާހަކައެއް ނުދެއްކޭނެ ކަމަށެވެ.
”އީސީ އެ މައްސަލަ ހުށަހެޅުމަށް އިލްތިމާސްކުރަން، ފިޔަވަޅު އަޅާނަން“ ފުއާދު ވިދާޅުވިއެވެ.
އަބްދުއްރަހުމާންގެ ވާހަކަތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ ސަރުކާރަށާއި ޕީއެންސީއަށް އަމާޒުވެފައެވެ.
ރައީސް ޑރ. މުހައްމަދު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވިދާޅުވެފައިވަނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ ގޮތުން މަޖުބޫރު ނުކުރާާނެ ކަަމަށާއި އެ މުވައްޒަފަކު ގަބޫލުކުރާ ސިޔާސީ ފިކުރަކާއެކު ވަޒީފާގައި އުޅެވޭނެ ކަމަށެވެ.
ނަމަވެސް އަބްދުއްރަހުމާންގެ ވާހަކަތަކާ ގުޅިިގެން ޕީއެންސީން އަދި ސަރުކާރުންވެސް އެއްވެސް ކޮމެންޓެއް ދީފައިނުވެއެވެ.




ގުޅުންހުރި
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ
28 ޖަލްސާއެއް ބޭއްވުމަށްފަހު މެންބަރުން އަރާމުކުރައްވަން މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް
ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން ރުހުންދީފި، އެމްޑީޕީގެ މެންބަރުން ވޯޓު ދިން
އަތޮޅު ކައުންސިލުތައް އުވާލާ ބިލު ތަސްދީގުކުރައްވައިފި