ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ނުކުރެއްވުމަށާއި އެކަން ކުރައްވާނީ އެ މަނިކުފާނު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންނެވި ކަމަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނަންގަވައި، އެ ފައިސާ ލޯންޑަކުރެއްވި ކަމުގެ ތުހުމަތުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މާފުށީ ޖަލުގައި ހުންނަވަނިކޮށް، ގެއަށް ބަދަލުކުރެއްވީ ސޯލިހެވެ. އެކަން އެ މަނިކުފާނު ކުރެއްވީ ރިޔާސީ އިންތިހާބު މިހާރު ރައީސް މުއިއްޒު ކާމިޔާބު ކުރެއްވުމާއެކު އެވެ.
ޕީއެންއެފުން ރޭ ބެއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ މިނިސްޓަރު މަލީހު ވިދާޅުވީ، އިންތިގާލީ މަރުހަލާގައި ރައީސް މުއިއްޒު، ޔާމީން މިނިވަން ނުކުރަން ސޯލިހުގެ އަރިހުގައި އެދިފައި ކަމަށާއި އެކަން 1 އޮކްޓޯބަރ 2023ގެ ކެބިނެޓު ބައްދަލުވުމުގެ ޔައުމިއްޔާއިން ހާމަވާނެ ކަމަށެވެ.
”ރައީސް މުއިއްޒު އިންތިހާބުވީ 30 ސެޕްޓެމްބަރުގައި، އެކެއް އޮކްޓޯބަރުގައި ބޭއްވި ކެނިބެޓު ބައްދަލުވުމުގައި އިބްރާހިމު މުހައްމަދު ސޯލިހު ވިދާޅުވި މުއިއްޒު ވިދާޅުވިއޭ ރައީސް ޔާމީން މިނިވަން ނުކޮށް ބަހައްޓާށޭ. ތިމަންނާ އައިއްސައޭ މިނިވަން ކުރާނީ. މިކަން އޮންނާނެ ޔައުމިއްޔާއިން ފެންނަން. ބައްލަވާ މިހާރުވެސް،“ މަލީހު ވިދާޅުވި އެވެ.
އޭނާ ވަނީ އެ ޔައުމިއްޔާ ރައްޔިތުންނާ ހަމައަށް ތިލަކޮށްދޭން ރައީސް މުއިއްޒަށާއި ރައީސް އޮފީހުގައި މިހާރު ތިއްބެވި ބޭފުޅުންނަށް ގޮވާލައްވައިފަ އެވެ.




ގުޅުންހުރި
މާލެ އާއި އެހެން ރަށްތަކަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރަށްތަކެއް: ރައީސް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1,875 މަޝްރޫއުއެއް ކުރިއަށް އެބަދޭ: ރައީސް
ބަދަލު ނުހިފާތީ ސިޔާސީ ވެރިން ލާން ހެދި ގޮޅިތައް އެހުރީ ހުހަށް:
ރޯދަ މަހު ކަރަންޓު ބިލަށް ނަގާނީ ގިނަވެގެން 400 ރުފިޔާ: ރައީސް
ޑްރަގު އެތެރެކުރަން އުޅުނު މައްސަލައެއްގައި 16 މީހަކު ހައްޔަރުކޮށްފި
ފެނަކައިން ފުވައްމުލަކުގައި ދޫކުރާ ފެން ރައްކާތެރި: އެމްއެފްޑީއޭ