ކުޅުދުއްފުށިއަށް ދިމާވި ކަރަންޓުގެ މައްސަލަ ފެނަކައާއި ސްޓެލްކޯ ގުޅިގެން ހައްލުކޮށް އެ ސިޓީއަށް ކަރަންޓު ދީފިއެވެ.
ކުޅުދުއްފުށީގައި ކަރަންޓް ކެނޑޭ މައްސަލަ ދިމާވެފައިވާތާ މިހާރު ވަނީ މަހެއްހާ ދުވަސްވެފައެވެ. މިއަދު ހެނދުނު 9:15 އިން ފެށިގެން ވެސް މުޅި އެ ސިޓީން ވަނީ ކަރަންޓު ކެނޑިފައެވެ.
އެހެންވެ ފެނަކައިން ވަނީ ސްޓެލްކޯގެ އެހީތެރިކަމަށް އެދިފައެވެ.
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އެކް ޕޯސްޓުގައި ބުނީ، ފެނަކައިގެ އެދުމުގެ މަތިން ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އެކުންފުނީގެ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް އެ ސިޓީއަށް ދަތުރު ކުރަމުންދާ ކަމަށެވެ.
“އެ ސިޓީ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ސްޓެލްކޯގެ ޓީމާއި ފެނަކައިގެ މުވައްޒަފުން ގުޅިގެން އެ މައްސަލަ ހައްލުކޮށް، ވީއެންމެ އަވަހަކަށް އެ ސިޓީގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ،” ފަހުމީ ވިދާޅުވިއެވެ.
ފެނަކައިން މިރޭ ސްޓެލްކޯގެ އެހީތެރިކަމާއެކު މިހާރު ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރެވިފައިވާ ކަމަށެވެ. އަދި މިރޭ 8:10 އެހާކަންހާއިރު ކުޅުދުއްފުށިއަށް ކަރަންޓު ދީފައިވާ ކަމަށެވެ.
ކުޅުދުއްފުށިން މިއަދު ކަރަންޓު ކެނޑެން ދިމާވި މައްސަލަ ބަލާނެކަމަށްވެސް ފެނަކައިން ބުންޏެވެ.

ގުޅުންހުރި
ސްޓެލްކޯގެ ވައުދު ފުއްދަން ހަފުތާ ބަންދުގައި ވެސް ގަސް އިންދަން ނުކުންނަނީ
މައާފަށް އެދި ފަހުމީ ވިދާޅުވީ އެފަދަ ކަމެއް ތަކުރާރު ނުވާނެހެން ފިޔަވަޅު
ކުޅުދުއްފުށީގެ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހުރިހާ ހަކަތައެއް އިރުގެ ހަކަތައަށް
މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި
ކަރަންޓު ކެނޑުނީ މާލެ-ހުޅުމާލެ ގްރިޑަށް ދިމާވި މައްސަލައަކުން: ސްޓެލްކޯ
މޯލްޑިވްސް އެކްސްޕޯގެ ސަރުކާރު ކުންފުނިތަކުގެ ބައިން 1 ވަނަ ސްޓެލްކޯއަށް