އިނގިރޭސި ވިލާތުގެ އާއިލާއާ ބެހޭ ލޯ ފާމަކަށް އޮޅިގެން ނުބައި ދެމަފިރިއަކު ވަރިކުރެވިއްޖެ އެވެ.
ވަރިކުރެވުނު މިސްޓާ އެންޑް މިސަސް ވިލިއަމް އަކީ ކައިވެނި ކޮށްގެން އުޅެތާ 21 އަހަރު ފަހުން މިދިޔަ އަހަރުގެ ތެރޭގައި ވަކިވެފައިވާ ދެމަފިރިންނެވެ. އެ މީހުން ވަރިވާން ހުށަނާޅައި ތިބީ މާލީ ޝަރުތުތަކާމެދު އެއްބަސްވުމަކަށް ނާދެވިގެންނެވެ.
ލަންޑުގެ އެންމެ މޮޅު ވަރީގެ ލޯޔަރުން ތިބޭ ކަމަށް އިސްތިހާރު ކުރާ ވާޑަގްސްގެ ސްޓާފް މެންބަރަކަށް އެ ދެމަފިރިން ވަރިކުރެވުނީ އެޗްއެމް ކޯޓްސް އެންޓް ޓްރިބިއުނަލްސް ސާވިސް އިން އޮޕަރޭޓްކުރާ އޮންލައިން ޕޯޓަލް މެދުވެރިކޮށް، އެހެން ކްލައިޓެއްގެ ވަރީގެ އެންމެ ފަހު ހުކުމް ފޮނުވަން އުޅުމުގެ ތެރޭގަ އެވެ.
އެކަން އެ ފާމުގެ ސަމާލުކަމަށް އައީ ދުވަސްތަކެއް ފަހުންނެވެ. އަދި ފަހުން އެ ނިންމުން ބާތިލުކުރަން ހައިކޯޓަށް ހުށަހެޅި އެވެ.
ނަމަވެސް ފެމިލީ ކޯޓް ޑިވިޝަންގެ ރައީސް އަދި ފަނޑިޔާރު ސާ އެންޑްރޫ މެކްފާލޭން ވަނީ އެ ނިންމުން ބަލައިނުގަތުމަށް ނިންމައިފަ އެވެ.
އެ ނިންމުމާ ދެކޮޅު ހެދުމުގެ ގޮތުން ވާޑަގްސްގެ ވަކީލުން ވަނީ އެއީ ކޮމްޕިއުޓަރަށް އެރި އެރާއެއް ކަމަށާއި އެހެންކަމުން އެ ނިންމުން ބާތިލުކޮށްދޭން ޖެހޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ފަނޑިޔާރު ސާ އެންޑްރޫ ވިދާޅުވީ އެއީ ސަމާލުކަން ދެވުނު ނަމަ ނުވާނެ ކަމެއް ކަމަށެވެ.




ގުޅުންހުރި
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
އިންކަމް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި