އިދިކޮޅު ފަރާތްތަކުން އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އެ މަނިކުފާނާ ދެކޮޅަށް ދެއްކޭނެ ކަމެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިމަހު 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ އިބްރާހީމް މުހައްމަދު (އިބުޓީ) ކެމްޕޭނުގެ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިހާރު ފަތުރަމުންދާ ވާހަކަތަކަކީ ވެސް އެމަނިކުފާނާ ދެކޮޅަށް ކަމެއް ހޯދަން އުޅެއުޅެ ނުފެނިގެން އިންތިހާބާ ދިމާކޮށް ސަރުކާރުގެ އަގުވައްޓާލުމަށް އިިދިކޮޅުން ދައްކާ ”ބުހުތާނު ދޮގު ވާހަކަތަކެއް“ ކަމަށެވެ.
ރައީސް ވިދާޅުވީ މޭޔަރު އިންތިހާބާ ދިމާކޮށް ވެސް އެފަދަ ތުހުމަތުތައް އަޅުވައި އިދިކޮޅު ފަރާތްތަކުން އެ މަނިކުފާނު ބަދުނާމު ކުރަން އުޅުނު ކަމަށެވެ. އަދި މައްސަލައެއްގައި ބައްދާލުމުގެ ބޭނުމުގައި ދައުވާކުރަން ފޮނުވައި ޝަރީއަތް ކުރި ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް އިދިކޮޅަށް ކާމިޔާބު ނުކުރެވުނީ އެފަދަ ކަމެއް ކޮށްފައި ނޯންނާނެތީކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
”އެހެންވީމައި ތިބޭފުޅުން ތިގޮތަށް އަޅުގަނޑުގެ ބޮލުގައި ކަމެއް އަޅުވަން އުޅުނަސް، ކުރީގައި ވެސް ނުވި ކަމެއް، ދެނެއް ވެސް ނުވާނެ. އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއް ކަމެއް ވެސް ނޯންނާނެ“ ރައީސް ވިދާޅުވިއެވެ.
ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުތަކެއްކަމެއް ބުނެ އިދިކޮޅު ފަތުރާ އިންޓެލިޖެންސް ރިޕޯޓުގައި ފުލުހުންގެ ތައްގަނޑު ނެތްކަމަށް ރައީސް ވިދާޅުވިއެވެ. ހުޅުމާލޭގައި ހުންނަ އެ މަނިކުފާނުގެ ރޯ ހައުސްތައް ވަނީ އެ މަނިކުފާނު މިނިސްޓަރަކަށް ހުންނެވިއިރު ބޭރުގެ ބަޔަކަށް ކުއްޔަށް ދޫކޮށްފައި ކަމަށެވެ. ރޯ ހައުސްތަކުގެ ކުލީގެ ފައިސާ އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވާ ކަމަށް ރައީސް ވިދާޅުވިއެވެ.




ގުޅުންހުރި
ވައްޑެ، ރައީސް މުއިއްޒަށް: 8 ކުލާސްރޫމް ހެދުމަކީ އަދި 8 މަޝްރޫއު
މާލެ އާއި އެހެން ރަށްތަކަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރަށްތަކެއް: ރައީސް
ބަދަލު ނުހިފާތީ ސިޔާސީ ވެރިން ލާން ހެދި ގޮޅިތައް އެހުރީ ހުހަށް:
ރޯދަ މަހު ކަރަންޓު ބިލަށް ނަގާނީ ގިނަވެގެން 400 ރުފިޔާ: ރައީސް
ޕީއެންސީގެ ”ފައުޖު“ މާލެ ގެނެސްފި، ޔާމީން ވެސް މިރޭ ޖަލްސާއެއް ބާއްވަނީ
ބާއްޖަވެރި ދިރިއުޅުމެއް ހޯދުމުގެ އަޒުމު ކޮންމެ ދުވަހަކު އާކުރަން ވާނެ: ރައީސް