މަޝްއަރު ޓުއާސްގެ ފަރާތުން މިދިޔަ ރޯދަމަހު އުމްރާ އަށް ދިޔަ ދިވެހިންގެ ޓިކެޓަށް އެ ކުންފުނިން ފައިސާ ނުދައްކާ އޮތުމުން، އެ މީހުންނަށް ނުފުރި، މައްކާގައި ތާށިވެއްޖެ އެވެ.
މިދިޔަ އަހަރުގެ ރޯދަމަހު ވެސް ބައެއް އުމްރާވެރިންގެ ޓިކެޓަށް ފައިސާ ނުދައްކައި ލަސްކޮށް، އެންމެ ފަހުން ޗެކް ބައުންސްވި މައްސަލައެއްގައި އޭރު އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ނަމުގައި ހިންގަމުންދިޔަ ކުންފުންޏަށް ދީފައި އޮތް ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ބާތިލުކޮށްފަ އެވެ.
ނަމަވެސް މި އަހަރު އެ ގްރޫޕްގެ ވެރިޔާ އަލީ ފާރިޝް މީހުން އުމްރާ އަށް ގެންދިޔައީ ”މަޝްއަރު ޓުއާސް“ގެ ނަމުގައި ޓްރެވަލް އެޖެންސީއެއް ހަދައިގެންނެވެ. ރަޖިސްޓްރީ ނުކޮށް އޮތް އެ އެޖެންސީގެ ހަވާލުގައި މި އަހަރު 53 މީހުން އުމްރާއަށް ދިޔައިރު، އޭސް ޓްރެވެލްސް އަދި އޭސް އޭވިއޭޝަން އިން ނެގި ޓިކެޓަށްވާ ފައިސާއަށް ދިން ޗެކް އޮތީ ބައުންސްވެފަ އެވެ.
އެހެންވެ އޭސް ޓްރެވަލްސް އިން ވަނީ ކަނޑައެޅި މުއްދަތުގައި އެ އެޖެންސީން ފައިސާ ނުދެއްކުމުން ރިޓާން ޓިކެޓުތައް މިދިޔަ މަހު ފަހުކޮޅުގައި ކެންސަލްކޮށްފަ އެވެ. މައްކާގައި ތާށިވެފައި ތިބީ އޭސް ޓްރެވަލްސް އިން ޓިކެޓް ނެގި 50 އެއްހާ މީހުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު މަޝްއަރު ޓުއާސް އިން ވަނީ ދިމާވި މައްސަލައަކާ ގުޅިގެން ރިޓާން ޓިކެޓަށްވާ ފައިސާ ނުދެއްކި އޮތްކަމަށް އިއުތިރާފުވެ، ފައިސާ ހުރި ނަމަ، އަމިއްލަ ހަރަދުގައި ރިޓާން ޓިކެޓު ނަގައިގެން ފުރުމަށް އަންގައިފަ އެވެ. އަދި ރިޓާން ޓިކެޓު އަމިއްލަ ހަރަދުގައި ނަގާ ފަރާތްތަކަށް މަޝްއަރު ގްރޫޕުން 30 ދުވަހުގެ ތެރޭގައި ފައިސާ ހަމަޖައްސައިދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް އެ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން ފައިސާ ދެއްކީ ދެކޮޅު ޓިކެޓާ އެއްކޮށެވެ.
މި މައްސަލައާ ގުޅިގެން ވަކި ގުރޫޕެއްގެ ނަން ފާހަގަނުކޮށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި އަމަލުކުރަމުން އަންނަ ރަސްމީ އުސޫލުތަކާ ހިލާފަށް މީހުން އަތުން ލާރި ނަގައި އެއަށް އިހުމާލުވަމުންދާ ޖަމާއަތެއްގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް މިއަދު ފުލުސް އޮފީހަށް ހުށަހަޅާނެ ކަމަށެވެ.

ގުޅުންހުރި
ދިން ފަހު ފުރުސަތުގައި ވެސް ޖާހުގެ ފްލެޓްތަކެއް ނުނިންމުނު، އެއްބަސްވުން ބާތިލުކޮށްފި
ހުޅުމާލޭގައި ތަރައްގީކުރި ސްޓެލްކޯގެ އެނެކެސް 2 އިންޖީނުގެ ހުޅުވައިފި
ވައިގެ މަގުން އެތެރެކުރަން އުޅުނު ކިލޯއެއްގެ ޑްރަގްސް އަތުލައިގެންފި
ރާއްޖޭގައި އުފެއްދި ސިނގިރޭޓު ނައްތާލުމުގެ ހުއްދަ ދީފި، ކުންފުނީގެ ރަޖިސްޓްރީ ބާތިލް!
ފިރިހެނަކު، ފިރިހެން ކުއްޖަކާ ބެހުނު މައްސަލަ: 2 މަސް ވާއިރުވެސް މީހަކު
އަސްވާޑަށް ލަފާ ދޭން ނަރީޝް، އައްޔަންކުރީ މިނިސްޓަރު ފެންވަރުގައި