އަންނަ އާދީއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ވަގުތަށް ދޮޅު ގަޑިއިރު އިތުރު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
މަޖިލިސް އިންތިހާބުގައި ވޯޓުލާ ގަޑީގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތީ ހެނދުނު 8:00 އިން ފެށިގެން 4:00 ޖެހުމާ ހަމައަށެވެ.
އީސިން ބުނީ، އިންތިހާބާ ގުޅިގެން ގައުމީ ލަފާދޭ ކޮމިޓީން އިއްޔެ މަޝްވަރާކޮށް ދިން ލަފައާ އެއްގޮތަށް އިންތިހާބުގައި ވޯޓުލާ ގަޑި 5:30 އާ ހަމައަށް އިތުރު ކުރަން މިއަދު ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވާ ކަމަށެވެ.
އެގޮތަށް ނިންމުމުން ދެން އިންތިހާބުގައި ވޯޓުލާނީ ހެނދުނު 08:00 އިން ފެށިގެން 5:30 އާ ހަމައަށެވެ. ނަމަވެސް އެއަށްވުރެ ވަގުތު އިތުރު ނުކުރާނެ ކަމަށް އީސީން ބުނެ އެވެ.
މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް ޖުމުލަ 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރާ 130 ކެންޑިޑޭޓުންނާއި ހަތް ސިޔާސީ ޕާޓީއަކުން ވާދަކުރާ 22 އަންހެނުން އަދި 216 ފިރިހެން ކެންޑިޑޭޓުންނެވެ.
ގުޅުންހުރި
ބީއެމްއެލްގެ އިތުބާރު ގެއްލޭ ކަމެއް ސަރުކާރުން ކޮށްގެން ނުވާނެ: އިބޫ
މެލޭޝިއާ އިން ރާއްޖެ އައި ދިވެއްސަކު ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކޮށްފި
ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްބާސް ޝަރީފު އައްޔަން ކުރައްވައިފި
ގުދުރަތީ ގޭހުން ރާއްޖޭގައި ކަރަންޓު އުފައްދަން ސިންގަޕޫރު ކުންފުންޏެއްގެ ހުށަހެޅުމެއް
މާލޭގެ ގެއެއްގެ ތެރެއިން މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ، އަނިޔާއެއް ތުހުމަތު
ޓީޗަރުންގެ ދުވަސް ފާހަގަކުރަން ބެލެނިވެރިން އަތުން ފައިސާ ނުނަގަން ސްކޫލްތަކަށް އަންގައިފި