މ. މުލީގެ ބައެއްގެ ގޮތުގައި އެ ރަށާ ޖެހިގެން އޮންނަ ބޯހުރާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.
ރައީސް މުއިއްޒު މިއަދު ނެރުއްވި ގަރާރަކުން ބޯހުރާއަކީ މުލީގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ނެރުއްވި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރު އިސްލާހުކޮށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން އެ މަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ދަށުގައި އޮންނަ 37 ހެކްޓަރުގެ ބޯހުރާއަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައި އޮތް ރަށެކެވެ. ނަމަވެސް ކުރީގެ ސަރުކާރުން ވަނީ ރިސޯޓް ތަރައްގީކުރަން ރަށްރަށުގެ ލިސްޓުން ބޯހުރާ އުނިކޮށްފަ އެވެ.
ރައީސް ޑރ. މުއިއްޒު ގެންދަވަނީ ބައެއް ރަށްރަށުގެ އިހުސާސް ތެރެއަށް އެ ރަށް ކައިރީގައި އޮންނަ ފަޅުރަށްތަކާއި ފަޅުތައް ދެއްވަމުންނެވެ.
އެގޮތުން އދ. މަހިބަދޫގެ ބައެއްގެ ގޮތުގައި އދ. މާފަރުފަޅު ހަމަޖައްސާފައިވާއިރު، އއ. ބޮޑުފޮޅުދޫގެ ބައެއްގެ ގޮތުގައި އއ. ވެލިދުއްގައި ވަނީ ހަމަޖައްސައިފަ އެވެ. އަދި ނ. މާފަރުގެ ބައެއްގެ ގޮތުގައި ނ. ފަރުމުއްޔާއި ކަނޑިންމާހުރާ، ހއ. ތުރާކުނުގެ ބައެއްގެ ގޮތުގައި ވަނގާރު ހަމަޖައްސާފައިވާއިރު އުކުޅަހުގެ ބައެއްގެ ގޮތުގައި އއ. ގަލަގިލި ފަޅު ވަނީ ހަމަޖައްސައިފަ އެވެ.




ގުޅުންހުރި
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
އިންކަމް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި