މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 16 ޕަސެންޓް މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
މަޖިލިސް އިންތިހާބުގައި ހެނދުނު 8:00 އިން ފެށިގެން ވޯޓުލާން ފަށާފައިވާއިރު، ވޯޓު ލާ މީހުންގެ ކިއު ބަންދުވާނީ ހަވީރު 5:30 ޖަހާއިރެވެ. ކިއު ބަންދުވާ ގަޑީގައި ކިއުގައި ތިބި އެންމެނަށްވެސް ވޯޓު ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
އީސީން ދެންމެ އާންމުކުރި މައުލޫމާތަށް ބަލާއިރު، މިއަދު ހެނދުނު 10:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ އަދަދަކީ 16.61 ޕަސެންޓެވެ. އެއީ 47،296 މީހުންނެވެ. ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 17،885 އަންހެނުންނާއި 29،411 ފިރިހެނުންނެވެ.
އެހެންކަމުން ވޯޓު ނުލާ އަދި 83 ޕަސެންޓް މީހުން އެބަ ތިއްބެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމުލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. އެއީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެ އެވެ. އެއީ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށްވުރެ ހަ ދާއިރާ އިތުރު އަދަދެކެވެ.
އިތުރުވާ ދާއިރާތަކަކީ ހުޅުމާލެ މެދު ދާއިރާ، ހުޅުމާލެ އުތުރު ދާއިރާ، ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)، ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)، ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ) ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ) އެވެ.
މި ފަހަރުގެ އިންތިހާބުގައި 368 ކެންޑިޑޭޓުން ވާދަކުރާ އިރު، ޖުމުލަ 602 ވޯޓު ފޮށި ވަނީ ބަހައްޓައިފަ އެވެ. އެއީ މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮއްޓެވެ.
ގުޅުންހުރި
ބޭރު ފައިސާއާ ބެހޭ ބިލްގެ ޑްރާފްޓުގައި ޑޮލަރު މާރުކުރުމަށް ލުއިތަކެއް ދީފި
ފުލެޓް ލިސްޓަށް އެއްވެސް ބައެއްގެ ނުފޫޒެއް ނެތް: ހައުސިން
ސްޓެލްކޯގެ މަސައްކަތުން ސޯލާ އެނާޖީގައި ރަކީދޫއަށް ބޮޑު ކުރިއެރުމެއް!
ފުރުގާން މިސްކިތަށް ގެއްލުންދީ ހަތިމުތައް އުކާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
އަބްދުއްރަހީމް، ނަޝީދުއާ ބައްދަލުކުރި ވާހަކަ ދޮގުކޮށްފި
ޑުރަގުގެ ގާނޫނު އިސްލާހުކޮށް، ގޭންގު ކުށްތައް ހުއްޓުވަން އާ ބިލެއް ހުށަހަޅަނީ