އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭދަފުށި ދާއިރާއަށް ވާދަކުރެއްވި އެ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި މުލަކު ދާއިރާއަށް ވާދަކުރެއްވި ސަލީމުގެ ދަރިފުޅު އިބްރާހިމް ނައުފަލް (ރެޑްވޭވް އިބޫ) މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވައިފި އެވެ.
ސަލީމް އާއި ދަރިކަލުން މަޖިލީހަށް ވާދަކުރެއްވީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ ޓިކެޓުގަ އެވެ. ސަލީމަކީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރެވެ. މިއީ ސަލީމް އޭދަފުށި ދާއިރާ އިން މަޖިލީހަށް އިންތިހާބިބުވެވަޑައިގެންނެވި ހަތަރު ވަނަ ފަހަރެވެ. ސަލީމް ގޮނޑި ދިފާއުކުރެއްވީ ފަސް ކެންޑިޑޭޓުންނާ ވާދަކުރައްވައި 65 ޕަސެންޓް ވޯޓު ކާމިޔާބު ހޯއްދަވައިގެންނެވެ.
ސަލީމްގެ ދަރިފުޅު ނައުފަލް މުލަކު ދާއިރާ ކާމިޔާބު ކުރެއްވީ 57 ޕަސެންޓް ވޯޓު ހޯއްދަވައިގެންނެވެ. މިއީ ނައުފަލް މަޖިލީހަށް އިންތިހާބުވު ވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
މުލަކު ދާއިރާގެ ގޮނޑި މިހާރު ތަމްސީލު ކުރައްވަނީ އިބްރާހިމް ނަސީރެވެ. އޭނާ އެ ދާއިރާއަށް އިންތިހާބުވެވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގަ އެވެ. ނަމަވެސް ފަހުން ވަނީ ޕީއެންސީއަށް ސޮއިކުރައްވައިފަ އެވެ.
ނިމިދިޔަ އިންތިހާބުގައި އިތުރު ދެބަފައިންވެސް ވާދަކުރެއްވި އެވެ. އެއީ ކާށިދޫ ދާއިރާގެ މިހާރުގެވެސް މެންބަރު އަބްދުﷲ ޖާބިރާއި އޭނާގެ ދަރިފުޅު އަހުމަދު މުއާޒް ޖާބިރެވެ. ނަމަވެސް ދެބަފައިންނަށްވެސް ގޮނޑި ކާމިޔާބެއް ނުކުރެވުނެވެ.
ޖާބިރު މިފަހަރުވެސް ވާދަކުރެއްވީ ކާށިދޫ ދާއިރާއަށެވެ. އެ ދާއިރާއަށް ޖާބިރުގެ އިތުރުން ހަ ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. ނަމަވެސް ޖާބިރަށް ލިބިވަޑައިގެންނެވީ 355 ވޯޓެވެ. އެ ދާއިރާގެ ގޮނޑި މި ފަހަރު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި މުންތަޒިމް އިބްރާހިމް އެވެ. އޭނާ އެ ގޮނޑި ކާމިޔާބު ކުރެއްވީ 1،217 ވޯޓުންނެވެ.
ޖާބިރުގެ ދަރިފުޅު މުއާޒް މަޖިލީހަށް ވާދަކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި މަހިބަދޫ ދާއިރާއަށެވެ. އެ ދާއިރާ އިން މުއާޒަށް ލިބިވަޑައިގެންނެވީ 898 ވޯޓެވެ. މަހިބަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެ ދާއިރާގެ މިހާރުވެސް މެންބަރު އަހުމަދު ތޯރިގު (ޓޮމް) އެވެ.

ގުޅުންހުރި
މިއަހަރުގެ ސަޓާ އެވޯޑްސް ސެޕްޓެމްބަރު މަހު ކޮލަމްބޯގައި
ފުވައްމުލަކުގެ މަޝްހޫރު ”ޝާކް ޕޮއިންޓް“ ނެޓްފްލިކްސްއަށް
ރާއްޖޭގައި ބާނާ މަހުން ޗައިނާގައި މަސްދަޅު ބަންދުކޮށްފި
ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭ ކަމަށް ބުނެ ޔާމީން ދެއްކީ ބުހުތާނު
ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެމްބިއުލާންސް ހަލާކުވެ, މީހާ މަރު!
އޮންލައިންކޮށް ދިމާވި ކުއްޖާއާ ބައްދަލުކުރަން ދިޔަ މީހާ މެހުނީ މަޅިއަކަށް, ރަހީނުކޮށް