ހިޔާލު ތަފާތުވުން ދޫކޮށްލައި، އެކުވެރި ކަމާއެކު ގައުމު ތަރައްގީ ކުރުމުގައި ކުރިއަށް ދިއުމަށް އިދިކޮޅު ޕާޓީތަކާއި އެ ޕާޓީތަކުގެ ލީޑަރުންގެ ކިބައިން ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައި، ދައުވަތު ދެއްވައިފި އެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ގައުމު ތަރައްގީކޮށް ކުރިއަށް ގެންދިއުމަކީ އެންމެންގެވެސް ފަހުރަކަށް ހަދަންޖެހޭ ކަމަށާއި އެކުވެރި ކަމާއެކު ކުރިއަށް ދިއުމުން އެންމެންވެސް ތިބޭނީ އުފަލުގައި ކަމަށެވެ.
އެހެންކަމުން ހުރިހާ ސިޔާސީ ޕާޓީތަކަށާއި އެ ޕާޓީތަކުގެ ލީޑަރުންނަށާއި މެންބަރުންނަށް ގައުމައިގެން ކުރިއަށް ދިއުމަށް ރައީސް ވަނީ ދައުވަތު ދެއްވައިފަ އެވެ.
”އަޅުގަނޑު މިހާރު އެދެނީ ހިޔާލުތަފާތުވުންތައް ދޫކޮށްލައްވަން. އިންތިހާބު މި ނިމުނީ. އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކީގައި އުފަލާއެކީގައި ގޮވާލަން ހުރިހާ ސިޔާސީ ވެރިންނަށްވެސް، ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ހިންގަވާށޭ ކުރިއަށްދާން. މި ގައުމަކީ އަޅުގަނޑުމެން އެންމެންގެ ގައުމު. މި ގައުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ގައުމު. އެހެންވީމާ ހުރިހާ ބޭފުޅުން އެކުވެރިކަމާއެކީގައި އަތުކުރިއޮޅާލައިގެން އެންމެން އެކީގައި ހިނގާށޭ ކުރިއަށްދާން. އަޅުގަނޑުމެން އެންމެންނަށް އޭގެން ލިބޭނީ އުފާވެރިކަން،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖެއަކީ ފަހުރުވެރި އަދި މިނިވަންކަމަށް ލޯބިކުރާ ބައެއް ކަމާއި ދިވެހިން ބޭނުންވަނީ ދިވެހިންގެ ކަންކަން ދިވެހިން ބޭނުންވާ ގޮތަށް ކުރަންކަން ބޭރުގެ ފަރާތްތަކަށާއި ވަކި އެޖެންޑާއެއްގައި މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކ މިހާރު ސާފުވާނެ ކަމަށެވެ.




ގުޅުންހުރި
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ސާފް ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުގައި ރާއްޖެއަށް ބޮޑު މޮޅެއް
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް