ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމް ރަސްމީކޮށް މިރޭ ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
އެ ޝޯރޫމް ހުޅުވައިދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފުލާއެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ. އެ ހަފުލާގައި ވާހަކަދައްކަވަމުން ޝިމާދު ވަނީ އެސްޓީއޯގެ ކުރިއެރުމުގައި ކުރީގެ މެނޭޖްމެންޓްތަކާއި ބޯޑު މެމްބަރުންގެ ރޯލް ވަރަށް ބޮޑަށް ފާހަގަކޮށް އެކަމުގެ ޝުކުރު ދަންނަވައިފަ އެވެ.
އެ ޝޯރޫމް ހުޅުވާފައި ވަނީ އެސްޓީއޯ ސްމާޓް ސްޓޯއާ ޖެހިގެން ކުރި ހުރި އެސްޓީއޯ ހުޅުމާލެ ފިހާރަ ޒަމާނީ ފެންވަރަށް ރިނޮވޭޓް ކުރުމަށްފަހު ހިތްގައިމު އިންޓީރިއާ އަކާއެކު އެވެ.
އެ ފިހާރަ އިންވެސް އިމާރާތްކުރުމަށް ބޭނުންވާ ހުރިހާ ސާމާނަކާއި ރެޑީމިކްސްގެ އިތުރުން މަކިޓާ ޓޫލްސް، އަދި ނިޕޯން ފަދަ އެސްޓީއޯގެ އެންމެ މަގުބޫލު ބްރޭންޑްތައް ލިބިގެންދާއިރު، ޝޯރޫމުން ސިމެންތި, ހިލަ, ހިލަވެލި, ދަގަނޑު, ގީއައި ޕައިޕް, ސިމެންތި ފިލާ އަދި ރޫފިންގް ޝީޓްވެސް އޯޑަރުކޮށްލެވޭނެ އެވެ.
އޭގެ އިތުރުން ކަސްޓަމަރު ބޭނުންވާ ނިޕޯންގެ ކޮންމެ ކުލައެއް ވަގުތު ތައްޔާރު ކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާއިރު، މަކިޓާގެވެސް ހުރިހާ ރޭންޖެއްގެ ޕްރޮޑަކްޓް ޝޯރޫމުން ލިބޭނެ އެވެ.
އެސްޓީއޯ އިން ބުނީ، އެ ޝޯރޫމް ވެގެންދާނީ ހުޅުމާލޭ ދިރިއުޅޭ ފަރާތްތަކާއި ކޮންސްޓްރަކްޝަން ސިނާއަތުގެ ބައިވެރިންނަށް ލިބިގެންދާ އިތުރު ކުރިއެރުމަކާއި ފަސޭހައަކަށް ކަމަށެވެ.
އެސްޓީއޯއަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގައި އެންމެ ބޮޑު އެއް ހިއްސާ އަދާކުރާ އަދި އެންމެ ފުޅާދާއިރާއެއްގައި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު އެތެރެކޮށް ރައްޔިތުންނާއި ހިސާބަށް ގެނެސްދޭ ކުންފުންޏެވެ. އަދި ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތަށް އެސްޓީއޯ އިން ވަނީ ގިނަގުނަ ތާރީހީ ކުރިއެރުންތަކެއް ގެނެސްދީފަ އެވެ.
މީގެ އިތުރުން ކޮލިޓީ ވަރުގަދަ މިކްސް ޑިޒައިނިންތަކުގެ ކޮންކްރީޓާއި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑް ކަމަށްވާ ކޯނޭ ލިފްޓް، އަދި މަކިޓާ ޓޫލްސް ފަދަ ތަކެތި އެތެރެކޮށް ރާއްޖޭގެ މާކެޓަށް ފޯރުކޮށްދެނީވެސް އެސްޓީއޯ އިންނެވެ.
ގުޅުންހުރި
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި
އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވުމުން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް