ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް މަޝްރޫއެއް ހިންގަން މިއަދު ހުއްދަ ދީފި އެވެ.
އެސްއީޒެޑު ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި އުފައްދާފައިވާ ބޯޑް އޮފް އިންވެސްޓްމަންޓްސް (ބީއޯއައި) އިން އެ ހުއްދަ ދިނީ މާލެ ސަރަހައްދުގައި 150 މެގަވޮޓްގެ ސޯލާ ޕަވާ ޕްލާންޓަކާއި އެ ޕްލާންޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކޮށް، ބެޓަރީ ސިސްޓަމަކާ އެކީ އެ ނިޒާމު މައި ގްރިޑާ ގުޅާލުމަށެވެ.
އެ ހުއްދަ ދޫކުރީ ކެނެޑާގެ އަބްރަކްޒަސް ޕަވާ ކޯޕް އަށާއި އެ ކުންފުނީގެ ޓެކްނިކަލް ޕާޓްނަރު ސަންގްރޯ ޕަވާ ސްޕްލައި ކޯ ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކަށެވެ.
އިންވެސްޓްމަންޓް ބޯޑުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ހުއްދައިގެ ދަށުން އެ މަޝްރޫއު ހިންގުމަށް ބޭނުންވާ ފީސިބިލިޓީ ތަހުލީލުތައް ހެދުމަށްފަހު އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ޕްރޮޕޯސަލް ހުށަހަޅައި އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށެވެ.
އަދި މިއީ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް، މިދިޔަ ނޮވެމްބަރު މަހު ދުބާއީގައި ބޭއްވި ކޮޕް-28 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި އަމާޒަށް ވާސިލުވާން އެހީތެރިވެދޭނެ މުހިންމު މަޝްރޫއަކަށްވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
އެ އެ ބައްދަލުވުމުގައި ރައީސް ވަނީ އެ މަނިކުފާނުގެ އަމާޒަށް ވާސިލުވުމަށް 600 މިލިއަން ޑޮލަރު ބޭނުންވާ ކަމަށްވެސް ވިދާޅުވެފަ އެވެ.




ގުޅުންހުރި
ވޯޓު ގަނެގެން އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތަށް އުޅޭ ބައެއް:
އަންހެން ވޮލީ ޓީމުގެ ކޯޗު، ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި