އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ވާދަކޮށް، ކާމިޔާބީ ހޯއްދެވި މުހައްމަދު ރަޝީދު (ރަޝީދުބެ) ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.
ޕީއެންސީން މިރޭ އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ މުހައްމަދު ރަޝީދު އެ ޕާޓީއަށް ސޮއިކުރައްވާފައިވާ ކަމަށެވެ.
މުހައްމަދު ރަޝީދުގެ އިތުރުން މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވި ހަ ކެންޑިޑޭޓަކު ވެސް ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއި ކުރައްވައިފައިފައެވެ.
އެ ބޭފުޅުން ޕީއެންސީއަށް ސޮއިކުރެއްވީ މުލިއާގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކު އެ ބޭފުޅުން ނެގި ފޮޓޯ އަކާއެކު ޕީއެންސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ބައެއް ކެންޑިޑޭޓުން، އެ ޕާޓީއަށް އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ.
ޕީއެންސީއަށް ސޮއިކުރެއްވި މެންބަރުންނަކީ:
ޑރ. އަނާރާ ނައީމް – ހުރާ ދާއިރާ
ހަސަން ޒަރީރު – މަތިވެރި ދާއިރާ
އަހުމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
އަހުމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
ޔާސީން އަބުދުﷲ – ނައިފަރު ދާއިރާ
އާޒިމް އަބްދުލް އަޒީޒް – ވިލިނގިލި ދާއިރާ
މި ހަ ކެންޑިޑޭޓުންނަކީ ސަރުކާރުގެ ތާއީދާ އެކު އިންތިހާބުގައި ވާދަކުރެއްވި ހަ ކެންޑިޑޭޓުންނެވެ. މީގެ ތެރެއިން ފަސް ބޭފުޅުންނަކީ ކުރިންވެސް ޕީއެންސީގެ ދަފުތަރުގައި ތިއްބެވި ބޭފުޅުންނެވެ. އަލަށް ސޮއިކުރި މެންބަރުންނާއެކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީއަށް އެކަނިވެސް މިހާރު 73 ގޮނޑި ލިބެ އެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް 93 މެންބަރުން އިންތިހާބު ކުރި އިރު، ސުޕަމެޖޯރިޓީ އަކީ 70 އެވެ. އެހެންކަމުން ރައްޔިތުން އަމަލު ކުރުން ލާޒިމުވާ ފަދަ ބޮޑެތި ގާނޫނުތަކުގެ އިތުރުން ގާނޫނުއަސާސީ އިސްލާހު ކުރުން ވެސް، އެހެން ޕާޓީއެއް ނުވަތަ މެމްބަރެއްގެ އެހީއާ ނުލައި، ޕީއެންސީއަށް މިހާރު ފަސޭހަވާނެ އެވެ.
މީގެ އިތުރުން ސަރުކާރުގެ ތާއީ ދާއެކު ޖުމްހޫރީ ޕާޓީގެ މެންބަރާއި އެމްއެންޕީގެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރުން ވެސް އިންތިހާބުވި އެވެ. އެހެންކަމުން ސަރުކާރު ކޯލިޝަންގެ ސުޕަ މެޖީރިޓީގެ ޖުމުލަ އަދަދު 77 އަށް އަރަ އެވެ.

ގުޅުންހުރި
ދިން ފަހު ފުރުސަތުގައި ވެސް ޖާހުގެ ފްލެޓްތަކެއް ނުނިންމުނު، އެއްބަސްވުން ބާތިލުކޮށްފި
ހުޅުމާލޭގައި ތަރައްގީކުރި ސްޓެލްކޯގެ އެނެކެސް 2 އިންޖީނުގެ ހުޅުވައިފި
ވައިގެ މަގުން އެތެރެކުރަން އުޅުނު ކިލޯއެއްގެ ޑްރަގްސް އަތުލައިގެންފި
ރާއްޖޭގައި އުފެއްދި ސިނގިރޭޓު ނައްތާލުމުގެ ހުއްދަ ދީފި، ކުންފުނީގެ ރަޖިސްޓްރީ ބާތިލް!
ފިރިހެނަކު، ފިރިހެން ކުއްޖަކާ ބެހުނު މައްސަލަ: 2 މަސް ވާއިރުވެސް މީހަކު
އަސްވާޑަށް ލަފާ ދޭން ނަރީޝް، އައްޔަންކުރީ މިނިސްޓަރު ފެންވަރުގައި