އުރީދޫން މިދިޔަ ރޯދަމަހު ކުރިއަށް ގެންދިޔަ ހަދިޔާ ފޮށި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް މިއަދު އިނާމު ހަވާލުކޮށްފިއެވެ.
އުރީދޫން މިއަދު ބުނީ އެ ކުންފުނީގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހަދިޔާފޮށީގެ އެންމެ ހާއްސަ އިނާމު ކަމަށްވާ އެޕަލް ވިޝަން ޕްރޯ ހާސިލް ކުރީ އަހްމަދު ފަޔާޒް ކަމަށެވެ. ފަޔާޒްގެ ބަދަލުގައި އެ ހަދިޔާއާ ހަވާލުވީ މަލީހު މުހައްމަދު ކަމަށެވެ.
އުރީދޫގެ ހަދިޔާ ފޮށީގައި އެޕަލް ވިޝަން ޕްރޯގެ އިތުރުން މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗާއެއް ވެސް ހިމެނެއެވެ. އަދި ޑޭޓާ ޕެކް، ގޭމިން ޕެކް ފަދަ އިތުރު ގިނަ އިނާމު ތަކެއް މިއަހަރުގެ ހަދިޔާފޮށީގައި އުރީދޫން ވަނީ ހިމަނައިފައެވެ.
އުރީދޫގެ ސީސީއޯ ހުސެއިން ނިޔާޒް ވިދާޅުވީ އެ ހަރަކާތްތަކަކީ ކަސްޓަމަރުންގެ އަގު ވަޒަން ކޮށް، އާ ކަންކަން ކަސްޓަމަރުންނަށް ގެނެސްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. ނިޔާޒު ވަނީ ހަދިޔާ ފޮށީގައި ބައިވެރިވެގެން އިނާމު ހޯދި ފަރާތްކަށް މަރުހަބާ ދަންނަވައިފައެވެ.




ގުޅުންހުރި
އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް
ހަށި ވިއްކަން ތިބި ބަޔަކު އަނެއްކާވެސް ހައްޔަރުކޮށްފި، ގިނަ އަދަދެއްގެ ޑޮލަރުވެސް
”ސިލޯނާއެކު ދިވެހިން“ ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ
”ސިލޯނާއެކު ދިވެހިން“ ފަންޑަށް ސްޓެލްކޯއިން 250،000 ރުފިޔާ
ގެއްލުނު ކުއްޖާ ދެ ދުވަސްފަހުން އަމިއްލައަށް ގެއަށް، ހާލު ރަނގަޅު
ސަން ސިޔާމްގެ ފަރާތުން ލަންކާއަށް ދެ ލައްކަ ޑޮލަރު