ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުން ނުވަތަ ވާނުވާގެ މައްސަލަ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ހައްލުވެގެންދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
”އަހާ ފޯރަމް“ ގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ވާނުވާގެ މައްސަލަ ހައްލު ނުވެގެން އުޅެނީ ކުރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކަމަށެވެ. އެ ކޯޓުގައި 12 ގާޒީން މަސައްކަތް ކުރައްވާއިރު، ޝަރީއަތްތައް ބާއްވަނީ އެންމެ ކޮޓަރިއެއްގައި ކަމަށެވެ. އެހެންވެ ހުޅުމާލޭގައި ޖާގަ ބޮޑު ކުރިމިނަލް ކޯޓެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
”މިހާރު އެހުރީ ތަނެއް ހޯދާފައި. ހުޅުމާލޭގައި ހުރި އެ އިމާރާތް ކުރިމިނަލް ކޯޓަށް ދޭން ދެތިން މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާފައި ހަވާލުކުރެވޭނެ،“ އިހުސާން ވިދާޅުވިއެވެ.
”އެހާ ހިސާބުން ވާނުވާގައި ތިބި މީހުންގެ މައްސަލަތައް އަވަސްކުރެވޭނެ. ވާނުވާ އެއްކޮށް ހައްލުވާނެ“
އިހުސާން ވިދާޅުވީ ސަރުކާރުން ވަނީ ވާނުވާ މައްސަލައިގެ އަސްލަކީ ކޮބައިތޯ ދެނެގަތުމަށް މަސައްކަތެއް ކޮށްފައިވާ ކަމަށާއި އެގޮތުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވެފައިވަނީ ޖިނާއީ އަދުލުގެ ނިޒާމު ލަސްވުން ކަމަށް އިހުސާން ވިދާޅުވިއެވެ. އެހެންވެ ފުލުހުންގެ ތަހުގީގުތައް މިއިން ކުރިން ދުވަހަކު ވެސް ނުކުރާހާ އަވަސް ކޮށްފައިވާ ކަމަށާއި ތަހުގީގު ނުނިމިގެން ދެން މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުބައިތިއްބާނެ ކަމަށް ވިދާޅުވިއެވެ.
ހުކުމެއްގައި ނޫން ގޮތަކަށް އެންމެ ދުވަހަކަށް ވެސް މީހަކު ޖަލު ބަންދުގައި ހުންނަން ބޭނުންނުވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

ގުޅުންހުރި
ނިހާޔަތު އެކަނި ކުރިމަތިލުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަލުން ހުޅުވާލައިފި
ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލު ހަދަނީ ދޮގު، ހުރިހާ ހައްގުތަކެއް ފުރިހަމައަށް ދިނިން:
ބިރު ދައްކައި ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް ފަނޑިޔާރު ސުއޫދު އިސްތިއުފާ
އިހުސާނަށް އިތުބާރު އޮތް ކަމަށް މަޖިލީހުން ފާސްކޮށްފި
ޝަރުއީ ދާއިރާއާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަނުކުރަން ފާސްކޮށްފި
72 ކިލޯގެ ޑުރަގް އެތެރެކުރި މައްސަލަ: ފުލުހުން ހެދި ގޯސްތަކެއްގެ ސަބަބުން