އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފި އެވެ.
މިއީ މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށްފަހު އެ ޕާޓީން ބާއްވާ ފުރަތަމަ ގައުމީ މަޖިލީހުގެ ޖަލްސާ އެވެ.
އަދަދު ނޫހުގެ ޕްރޮގްރާމެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، މަޖިލިސް އިންތިހާބުގެ ބައްޔަކީ ކުރީން ލަފާކުރި ބައްޔެއް ނޫން ކަމަށާއި އެ ބަލިން އަރައިގަތުމަށް ޕާޓީ އަލުން ރުކުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އިންތިހާބުގައި ކަންތައް ވެގެންދިޔަ ގޮތާއި ކުރިމަގުގައި ކަަންކަން ބައްޓަން ކުރާނެ ގޮތާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ބާއްވަނީ މިރޭ 8:30 ގައި ޕާޓީގެ އޮފީހުގަ އެވެ.
ވިހިވަނަ މަޖިލީހުގައި ހިމެނޭ 93 ގޮނޑީގެ ތެރެއިން އިންތިހާބުގައި ސަރުކާރަށް 76 އަށްވުރެ ގިނަ ގޮނޑި ލިބުނު އިރު، އެމްޑީޕީއަށް ލިބުނީ އެންމެ 12 ގޮނޑި އެވެ. އެއީ ޕާޓީ ސިސްޓަމް އައި ފަހުން މަޖިލިސް އިންތިހާބެއްގައި އެމްޑީޕީއަށް ލިބުނު އެންމެ ބޮޑު ބައްޔެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީއެއް ލިބިދާނެ ކަމަށް ސަރުކާރުން ވެސް ގަބޫލުކުރި ކަމަށާއި ނަމަވެސް ސަރުކާރަށް ބޮޑު މެޖޯރިޓީއެއް ލިބުނީ ސަރުކާރުން ދެއްކި ބިރާއި ނުފޫޒުން ކަމަށެވެ. އަދި އެމްޑީޕީ އަލުން ރުކުރުވާލައި، ކުރިއަށް އޮތް އިންތިހާބުތަކުގައި ކާމިޔާބީ ހޯދާނެ ކަމަށް ވިދާޅުވި އެވެ.




ގުޅުންހުރި
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
އިންކަމް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި
އަގު ވެއްޓޭ ކަމަށްބުނެ ވިޒިޓް މޯލްޑިވްސް އެމްބެސެޑަރުކަމުން ”ޓޫއޮފްއަސް“ ސަސްޕެންޑުކޮށްފި
މިހާތަނަށް 35،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި