މާލެ ސަރަހައްދުގައި ފެނުގެ ހިދުމަތް ދޭ ކުންފުނި، މާލޭ ވޯޓާ އެންޑް ސުވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ އޭޕްރީލް މަހުގެ ފެން ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމައިފި އެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، 10 ޕަސެންޓްގެ ޑިސްކައުންޓް ދޭއިރު އެ ބިލުގައި މާޗް މަހުގެ ބިލަށް ވުރެ ބޮޑު ނަމަ، އެ އަދަދު އިތުރަށް ކުޑަ ކުރާނެ ކަމަށެވެ. އަދި އެގޮތަށް ބިލުގެ އަދަދު މާޗް މަހުގެ ބިލާ އެއް ހަމަކުރާ އިރު އެ ބިލުގެ އަދަދު 10 ޕަސެންޓަށް ވުރެ ކުޑަ ނަމަ، އެ ބިލްގެ އަދަދު 10 ޕަސެންޓާ ހަމައަށް ކުޑަ ކޮށްދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އޭގެ އިތުރުން އަލަށް ފެން އަދި ކަރަންޓް ހިދުމަތް ދޭ ގޭބީސީތަކުގެ ބިލުތަކުންވެސް 10 ޕަސެންޓު ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނީ، ބިލްތަކަށް ގެނައި މި ބަދަލުތަކުގެ ތަފުސީލުތައް މިއަދުން ފެށިގެން އެސްއެމްއެސް މެދުވެރިކޮށް ފޮނުވަމުން ގެންދާނެ ކަމަށެވެ. އަދި މި ވަގުތު ބިލު ފޮނުވާފައިވާ ފަރާތްތަކަށްވެސް ޑިސްކައުންޓް ލިބުމުން ބިލަށް އަންނަ ބަދަލުތަކުގެ ތަފުސީލުތައް އާންމުކުރާނެ ކަމަށް ބުންޏެވެ.
އޭޕްރީލް މަހުގެ ބިލުން ޑިސްކައުންޓް ދޭއިރު މިދިޔަ ރޯދަ މަހުގެ ކަރަންޓާއި ފެނުގެ ހިދުމަތުގައި ޑިސްކައުންޓް ދީފައިވެ އެވެ.




ގުޅުންހުރި
ހަތް އަހަރު ހަމަވުމަށްފަހު ވެސް ހިޔާގެ ކުލި ބޮޑުނުވާނެ ގޮތް ހަދައިދޭނަން:
ގެދޮރުވެރިޔާ ފުލެޓުތަކުގެ އެޑްވާންސް ބޮޑުތަނުން ކުޑަކުރުމަށް ނިންމައިފި
ނިޔާމަ ޗުއްޓީއަކަށް ޓްރެވަލް ތަކާފުލް: ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް މުހިންމު
ވަގު ޓީޓީ މައްސަލައިގައި ޝިފާއު 109 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ކަނޑުމަތިން މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ފެނިއްޖެ
ދަންވަރު ބޭރުގައި އުޅުނު 23 ބިދޭސީއަކު ހުއްޓުވައި، އެކަކު ހައްޔަރުކޮށްފި