މާލޭ ސްކޫލްތަކުގެ ގްރޭޑް އެކަކަށް ވަންނަން 2،290 ކުދިންގެ ފޯމު ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ރަށްރަށުން މާލޭގެ ސްކޫލުތަކަށް ބަދަލުވާން ބޭނުންވާ ކުދިންނަށާއި މާލޭގެ ސްކޫލްތަކުގެ ގްރޭޑް އެކަކަށް އަލަށް ވަންނަން ބޭނުންވާ ކުދިން އަދި މާލޭގެ އެކި ސްކޫލްތައް ބަދަލުކުރަން ބޭނުންވާ ކުދިން ފޯމު ހުށަހެޅުމުގެ ސުންގަނޑިއަކީ އަންނަ އަންގާރަ ދުވަހެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބު ތަކުގައިވާ ގޮތުން ގްރޭޑް އެކެއް ފިޔަވައި އެހެން ގްރޭޑްތަކުން ޖާގަ ހޯދަން 1،450 ކުދިން އަދި މާލެ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ވަންނަން 660 ކުދިން ވަނީ ފޯމު ހުށަހަޅައިފަ އެވެ. އަދި މާލޭގެ ސްކޫލުތަކަށް ބަދަލުވާން މިހާތަނަށް 790 ކުދިން ހުށަހަޅާފައިވާ ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީން ވަނީ މި މަހުގެ ހަތަރެއްގެ ނިޔަލަށް ހުށަހަޅާފައިވާ ހުރިހާ ފޯމެއްގެ ޖަވާބު މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ކުރިން ފޮނުވާނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އެކެޑމިކް ކަލަންޑަރުގައިވާ ގޮތުން، ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ މި މަހުގެ 26 ގައެވެ.
ގުޅުންހުރި
އަރަބިއްޔާގެ މަސައްކަތް ނުފެށީ 80 މިލިއަން ރުފިޔާ ސަލާމަތްކުރަން: މިނިސްޓަރު
އެކެޑަމިކް ކަލަންޑަރު: ފުރަތަމަ ޓާމު ޗުއްޓީ ފަށާނީ ޖުލައި 25ގައި، ބޮޑު
4،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޭލެވެލް އިމްތިހާން ފަށައިފި
މުވައްޒަފުން އާއިލާއަށް ދޭ ވަގުތު މަދުވާތީ، އެ ވަގުތު އިތުރުކުރަން ބާރު
ސްކޫލުތަކުގެ ހަރަކާތްތައް ހުކުރު ދުވަހު ނުބާއްވަން އަންގައިފި
ކްލާސްތަކަށް ވަކިވަކި ވައިބާ ގުރޫޕް ނުހަދަން އަންގައިފި