ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގެންފި އެވެ.
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ މަހުގެ ފަހު ދުވަހުގެ ރެ އެވެ.
މިއީ ނުރަސްމީ ދަތުރުފުޅެއް ކަމުން ދަތުރުފުޅުގެ އެއްވެސް ތަފުސީލެއް ހާމައެއް ނުކުރާނެ އެވެ.
މިދިޔަ މާރިޗް މަހުގެ ތެރޭގައި ވެސް ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވި އެވެ.



