ޖުލައި 6, 2024

ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މެދުރާއްޖެއަށް އޮރެންޖް އެލާޓް ނެރެފި!

ބ. އަތޮޅުން މ. އަތޮޅަށް މޫސުން ގޯސްވެ، އޮރެންޖް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިރޭގެ 8:30 އާ ހަމައަށް ނެރެފައިވާ އެލާޓުގައި ބުނެފައިވަނީ ގަޑިއަކު 36 މޭލާއި 42 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

މެޓް އޮފީހުން އޮރެންޖު އެލާޓް ނެރެނީ އެއް ގަޑިއިރު ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައި ޖެހުމުންނެވެ.

ރާއްޖޭގެ އަށް އަތޮޅަކަށް މޫސުން ގޯސްވެ އޮރެންޖް އެލާޓް ނެރެފައިވާއިރު، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިއަށް އޮތް ތިން ދުވަހުސް އުތުރާއި މެދުރާއްޖެތެރެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވެ، ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.