އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ދުނިޔޭގެ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އަމުރުކޮށްފި އެވެ.
މި މައްސަލައަކީ ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓުވުމުގެ އިތުރުން ރަފާހްއަށް އިޒްރޭލު ސިފައިން އަރައިގަތުން ހުއްޓުވައިދީ އިންސާނީ އެހީ ގާޒާއަށް ވެއްދުމުގެ އަމުރެއް ނެރެދިނުމަށް އެދި ދެކުނު އެފްރިކާ އިން އައިސީޖޭ އަށް މި އަހަރުގެ މެއި 10 ގައި ހުށަހެޅި މައްސަލައެކެވެ.
އެ އަމުރު ނެރުނީ އައިސީޖޭގެ ފަނޑިޔާރުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވާ 15 ފަނޑިޔާރުންގެ ތެރެއިން 13 ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އަމުރު ނެރުމާ ދެކޮޅުވީ ދެ ފަނޑިޔާރުންނެވެ.
މި އަމުރަކީ ހަމަލާތައް ހުއްޓާލަން އެ ކޯޓުން ސީދާ އަމުރުކުރި ފުރަތަމަ ފަހަރެވެ. މީގެކުރިން އައިސީޖޭ އިން ވަނީ ގާޒާގައި ގަތުލުއާންމު ހިންގުން ހުއްޓުވަން ހުރިހާ މަސައްކަތެއް ކުރުމަށް އިޒްރޭލުގެ މައްޗަށް އަމުރުކޮށްފަ އެވެ.
އައިސީޖޭ އިން ވަނީ ރަފާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން މިސްރުން ރަފާއަށް ވަންނަން އޮންނަ ހަމައެކަނި މަގު ވީ އެންމެ އަވަހަކަށް ހުޅުވާލުމަށާއި ރަފާގައި ހަރަކާތްތެރިވާ އިޒްރޭލުގެ އަސްކަރީ ސިފައިން ވަގުތުން ފޭބުމަށްވެސް އަމުރުކޮށްފަ އެވެ.
ކޯޓުން އަމުރު ކުރި ފިޔަވަޅުތައް އަޅަން ކޮށްފައިވާ މަސައްކަތްތަކުގެ ރިޕޯޓެއް މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އިޒްރޭލުން ދޭންޖެހޭނެ ކަމަށް ވެސް ކޯޓުން ކަނޑައެޅި އެވެ.
ގާޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިޒްރޭލުގެ މައްޗަށް ދުނިޔޭގެ ކޯޓުން އަމުރުކުރި ނަމަވެސް އެ އަމުރުތައް ތަންފީޒު ކުރުމުގެ ބާރެއް އެ ކޯޓަކަށް ނޯވެ އެވެ.

ގުޅުންހުރި
ކުދިންނަށް ބުލީކުރުމަށް ހިންގާ ޕޭޖުތަކެއް ފުލުހުން ބްލޮކްކޮށްފި
ކައުންސިލުތަކުގެ އާ އިމާރާތް ހަދަން ހަވާލުކުރިތާ ހަ މަސްތެރޭ އެއްބަސްވުން ބާތިލުކޮށްފި
މާފަރުގެ އިހުތިސޯސުން ފަރުމުލި ވަކިކޮށް، ޓޫރިޒަމަށް ހުޅުވާލައިފި
އެންސްޕާގެ ހަރަދުގައި ތައިލެންޑުން ފަރުވާ ހޯދަން 33 މީހަކަށް އެހީ ދީފި
ކަރެކްޝަންސްއާ ހަވާލުކުރަން ވެގެން ކުޅުދުއްފުށި އެއާޕޯޓު މެނޭޖަރު ހައްޔަރުކޮށްފި
ރައީސްގެ ޕޮޑްކާސްޓުތައް މަޑުޖެހިއްޖެ، މިދިޔަ މަހު އެއްވެސް އެޕިސޯޑެއް ނުދައްކާ