މާލޭ ގެސްޓް ހައުސްއެއްގެ ތެރޭގައި ބަންދުކޮށްގެން ގެންގުޅުނު މީހަކު ފުލުހުން ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ، މާފަންނުގައި ހުންނަ އެ ގެސްޓް ހައުސް ތެރޭގައި ބަންދުކޮށްގެން ގެންގުޅުނީ ނޭޕާލް ފިރިހެނެއް ކަމަށެވެ. އޭނާ މިހާރު ސަލާމަތް ކޮށްފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ބަންދުކޮށްގެން ގެންގުޅުނީ ސްކައި ލޭންޑް ނަމަކަށް ކިޔާ ގެސްޓް ހައުސްއެއްގަ އެވެ. އަދި އޭނާއަށް އެއްވެސް އަނިޔާއެއް ކޮށްފައި ނުވާ ކަމަށްވެސް އެނގިފައިވެ އެވެ.
ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ އެ މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިފަހަކަށް އައިސް މީހުން ރަހީނުކުރުމުގެ ގިނަ މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ.




ގުޅުންހުރި
ޕީއެންސީ އޮފީސް ހެދީ ހުއްދަތައް ނުނަގާ! ގޭގެ ވެރިފަރާތް 128،000 ރުފިޔާއިން
ކުރީގެ ތެލެސީމިއާ ސެންޓަރު ތަޅާލައި އެތަނުގައި ޖީޕީ ކްލިނިކެއް ހަދަނީ
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ދަރީން ނަމާދަށް އަހުލުވެރިކުރުވަން އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ވެސް ފާފަވެރިވާނެ އެވެ.
ލޯންޗު ދުއްވާހެން މާލޭގައި ކާރު ދުއްވި ދުއްވުން ހައްލުކޮށްދެއްވީ އާދަމް އާޒިމް:
ޑުރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭކަށް ބޭނުމެއް ނޫން، އުންމީދަކީ