ކަރަންޓު ބިލުތަކާ ގުޅިގެން ސްޓެލްކޯގެ ކަސްޓަމަރުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ހުށަހެޅޭނެ ގޮތް އެ ކުންފުނިން ހަމަޖައްސައިފި އެވެ.
މި މަހުގެ ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑު ކަމަށް ބުނެ މިދިޔަ ދެ ދުވަހު ގިނަ އަދަދެއްގެ ބަޔަކު ދަނީ ބިލުތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އަދި އެކަމާ ނުރުހުން ފާޅުކުރަން ބައެއް މީހުން މިއަދު ވަނީ ސްޓެލްކޯ ކައިރިއަށް އެއްވެފަ އެވެ.
ކަސްޓަމަރުންގެ ޝަކުވާތައް ހުރުމުން ސްޓެލްކޯ އިން މިއަދު ބުނީ، އެ ކުންފުނީގެ ކަސްޓަމާ ސާވިސް އެންޑް ބިލްޑިންގެ ނަންބަރު 7788438 އަށް ވަޓްސްއެޕް ނުވަތަ ޓެލެގުރާމް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް ނަމަ billing@stelcom.com.mv އަށް ފޮނުވޭނެ ކަމަށްވެސް ބުންޏެވެ.
ސްޓެލްކޯ އިން ބުނީ، ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކަށް ގިނަވެގެން 24 ގަޑިއިރުތެރޭގައި ޖަވާބުދާރީވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.




ގުޅުންހުރި
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި
ގިނަ ތުހުމަތުތަކަކާއެކު ޝަހީދު ލެގަސީ، ”ޓޫއޮފްއަސް“ އިން ވަކިވެއްޖެ
ރަސްފަންނު މޫދުގައި ތޫނު އިތާތަކެއް