ރާއްޖޭގެ އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އެމްޑީޕީގެ ފަރާތުން ހުށަހެޅި ބިލު މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
އެމްޑީޕީގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމެވެ.
މީކާއީލް ހުށަހެޅުއްވި އިސްލާހުގައި ބަޔާންކޮށްފައިވަނީ އިޒްރާއީލްގެ ޕާސްޕޯޓު ގެންގުޅޭ މީހުން އޭގެ ތެރޭގައި އިޒްރާއީލްގެ ޕާސްޕޯޓުގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުންވެސް ހިމެނޭ ގޮތަށް ރާއްޖެއަށް އެތެރެވުން މަނާ ކުރުމަށެވެ.
މީކާއީލް އެ އިސްލާހު ހުށަހެޅުއްވީ އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގެ ފަހަތަށް އިތުރުކުރާ ނަންބަރެއްގެ ގޮތުގައެވެ.
މަޖިލީހުން މިހާރު ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފަ އެވެ.
އެފަދަ އިސްލާހެއް އިމިގްރޭޝަން ގާނޫނަށް ހުށަހަޅަން ޖެހުނު ސަބަބެއް ކަމަށް މީކާއީލް ވިދާޅުވެފައިވަނީ އިޒްރޭލުން، ފަލަސްތީނުގެ ދަރިފަސްކޮޅޮ ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށެވެ.
މީކާއިލް އެ އިސްލާހު ހުށަހަޅުއްވާފައިވަނިކޮށް އިއްޔެ ސަރުކާރުން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނުތަކަށް ބަދަލުގެންނަން ނިންމައި އެކަން ހާމަ ކުރައްވައިފައެވެ.

ގުޅުންހުރި
އިރާން-އިޒްރޭލް ހަނގުރާމައަށްވުރެ ބޮޑު ގެއްލުމެއް ލިބޭނީ އެމްޑީޕީގެ ސަބަބުން: ފަލާހު
މަޖިލީހުގެ 65 މެންބަރަކާއި ސިފައިންނާއި ފުލުހުންގެ 80 ޕަސެންޓް ޖެމްކިއު ބޭނުންކުރޭ:
އިޒްރޭލަށް ޖާސޫސު ކޮށްދިން މީހަކަށް އީރާނުން މަރުގެ އަދަބު ދީފި
އިރާނުގެ ވަރުގަދަ ހަމަލާއެއް، އިޒްރޭލަށް 100 ބެލިސްޓިކް މިސައިލް ފޮނުވާލައިފި!
އީރާނުން ބަދަލު ހިފުމުގެ ރަތް ދިދަ ނަގައިފި
އީރާނުން 100 އަށްވުރެ ގިނަ ޑްރޯން ފޮނުވާލައިފި، ނާކާމިޔާބު ކޮށްލުމުގައި އިޒްރޭލު