ދަރުބާރުގެ ކައިރީގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ތަހުގީގު ނިމެންދެން ބަންދުކޮށްފި އެވެ.
ދަރުބާރުގެ ކައިރީގައި ރޭ 10:30 އެހާކަންހާއިރު ހިންގި މާރާމާރީގައި އަނިޔާވި މީހަކަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާ ދިން އިރު، އެ މައްސަލައާ ގުޅިގެން ދިވެހި ހަތަރު ފިރިހެނުން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން މިއަދު ބުނީ އެ މާރާމާރީގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެންމެންވެސް ތަހުގީގު ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ރޭގެ މާރާމާރީއަށްފަހު މިއަދު މާލެއާއި ހުޅުމާލޭގައި އިތުރު މާރާމާރީއެއް ވަނީ ހިންގައިފަ އެވެ. އެ ދެ މާރާމާރީގައި ތިން މީހަކަށް ހަމަލާދީ ޒަހަމްކޮށްލި އިރު، ފުލުހަކަށްވެސް އަނިޔާވި އެވެ.
ފުލުސް މީހާއަށް އަނިޔާވީ ރޭ ފަތިހު ހުޅުމާލެ ފިލިގަސް މަގުގައި މާރާމާރީ ހިންގި މީހުން ފިލައިގެން ދާން މަސައްކަތް ކުރި ކާރު ހުއްޓުވަން މަސައްކަތް ކުރުމުން ކާރުން އައިސް ޖެއްސުމުންނެވެ. އެ ފުލުސް މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ރޭ ހިންގި މާރާމާރީ އާއި މި ދެ މާރާމާރީއާ އެއްވެސް ގުޅުމެއް އޮތް ކަމެއް އަދި ނޭނގެ އެވެ.

ގުޅުންހުރި
ރައުދު ރާއްޖެއިން ބޭރަށް ފުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި
ފުލުހުންގެ އިންޒާރު: މަޖީދީ މަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރާނަން، ލިބޭނީ ދެ
ސަލާމަތީ ދެ ބާރުގެ ވެރިން ބައްދަލު ކުރައްވައިފި، ރައްކާތެރިކަން ކަށަވަރުމަށް މަޝްވަރާ
ސީޕީގެ މަގާމަށް ނަވީން އައްޔަންކޮށްފި
ދައުލަތުން ރައުދުއަށް ދައުވާ ކުރަނީ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިނުވުމުން
ރައުދުއަށް ދައުވާކޮށްފި، އަދަބަކީ އެންމެ މަހެއް