ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ސިޔާސީ 6 ޕާޓީއަކަށް ޖުމްލަ 44 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާގޮތުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް، މެންބަރުންގެ ނިސްބަތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަންވާނެ އެވެ. އެއީ އެ އަހަރަކަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައިވާ ޖުމްލަ ބަޖެޓުގެ %0.01 އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނީ މިދިޔަ މެއި މަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ.
ދައުލަތުގެ ބަޖެޓުން އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ ސަރުކާރު ހިންގާ ކޯލިޝަނަނަށެވެ. އެގޮތުން ޕީޕީއެމްއަށް 10.4 މިލިއަން ރުފިޔާ ދޫކުރިއިރު ޕީއެންސިއަށް ވަނީ އަށް މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އަށެވެ.
ސިޔާސީ ޕާޓީތަކަށް ދޫކުރި ފައިސާގެ އަދަދު:
އެމްޑީޕީ – 15.1 މިލިއަން ރުފިޔާ
އަދާލަތު ޕާޓީ – 2.5 މިލިއަން ރުފިޔާ
ޖުމްހޫރީ ޕާޓީ (ޖޭޕީ) -5.3 މިލިއަން ރުފިޔާ
ޕީޕީއެމް – 10.4 މިލިއަން ރުފިޔާ
ޕީއެންސީ – 8 މިލިއަން ރުފިޔާ
އެމްޑީއޭ – 2.4 މިލިއަން ރުފިޔާ
ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު މިއަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި 10،000 މެންބަރުން ހަމަވާ ޖުމްލަ ހަ ޕާޓީ އަކަށް ފައިސާ ދިނުމަށް ހިމެނި ނަމަވެސް މިދިޔަ އަހަރުގެ ނިޔަލަށް 10،000 މީހުން ހަމަވަނީ ހަތަރު ޕާޓީ އެއްގަ އެވެ.
އެމްޑީއޭ އަދި އަދާލަތު ޕާޓީގައި 10،000 މީހުން ހަމަނުވާކަމަށް އީސީ އިން އާންމުކޮށްފައިވާ ހިސާބުތައް ދައްކަ އެވެ.
ގުޅުންހުރި
ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭ އިސްލާހު ރައީސް ވަގުތުން ތަސްދީގު ކުރައްވައިފި
”މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ“ ނަމުގައި ޕާޓީއެއް އުފައްދަން ހުއްދަ ދީފި
ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މައްސަލަ ބޮޑުވުމުން ލިސްޓު އަލުން މުރާޖާކުރަނީ
ޕީޕީއެމް އުވާލިޔަސް ލޯގާއާއި ކުލަ ބޭނުންނުކުރެވޭ ގޮތް ހަދަނީ
ރައީސް މުއިއްޒަށް ތާއީދު ކުރެވުނީތީ ވަރަށް ބޮޑަށް ހިތާމަކުރައްވަން: ޔާމީން
އީސީގެ މެންބަރު ކަމަށް ހަސީބު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި