ސޯމާލިއާގެ ތިން މީހުން ތިބި ޑިންގީއެއްގައި ނ. އަތޮޅުގެ ފަޅު ރަށަކަށް ލައްގައިފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މީހުން ތިބި ޑިންގީ ލައްގާފައިވަނީ ދަނޑުވެރިކަމަށް ދޫކޮށްފައި އޮންނަ ނ. ވަވަތިއަށް ކަމަށެވެ. އަދި އެ ތިން މީހުންވެސް މި ވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ބުންޏެވެ.
ފުލުހުންގެ އެ މެސެޖަކާއެކު ވަނީ އެ މީހުން ދަތުރުކުރި ކަމަށް ބެލެވޭ ޑިންގީ އާއި އެ ތިން މީހުންގެ ފޮޓޯވެސް ހިއްސާކޮށްފަ އެވެ.
ފޮޓޯ އިން ފެންނަން އޮތް ޑިންގީގައި އައުޓްބޯޑް އިންޖީނެއްވެސް އަޅާފައި އޮތް އިރު، އެއީ ގާތްގަނޑަކަށް 25 ވަރަކަށް ފޫޓުގެ ފައިބަރު ލޯންޗެކެވެ. އޭގެން ދަތުރުކުރި ތިން މީހުންވެސް ތިބީ ހެދުމާއެކު އެވެ. އަދި އެ މީހުންގެ އަތުގައި ޖެކެޓެއް ކަހަލަ އެއްޗެވެސް އޮތްތަން ފެންނައިރު، އެންމެންވެސް ތިބީ ހުސްފަޔާ އެވެ.
އެ ޑިންގީން ދަތުރުކުރި މީހުންގެ ހާލަތާ ގުޅޭ ގޮތުން ފުލުހުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.




ގުޅުންހުރި
ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި ތިން ޒުވާނަކު ހައްޔަރުކޮށްފި
ވަޒީފާ އަދާކުރާ ރިޓަޔާޑް ފުލުހުންނަށް ރިޓަޔަމަންޓް އިނާޔަތް މެދުކަނޑާލަން ނިންމައިފި
އެކަނިވެރި މައިންގެ އެލަވަންސް 3000 ރުފިޔާއަށް، އެންމެ ގިނަވެގެން ލިބޭނީ 15،000
ޝުޖޫނަށް ފުރައްސާރަކުރި މައްސަލަ އެޗްއާރުސީއެމުން ކުށްވެރިކޮށްފި
ދައުލަތުން އެދިގެން ޝަމްއާން ބަންދުން ދޫކޮށްލައިފި
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް