ރާއްޖެއަށް ބަންގްލަދޭޝްގެ ލޭބަރުން ގެނައުމަށް ގާނޫނުން މިހާރު ކަނޑައަޅާފައި އޮތް 100،000 މީހުންގެ ލިމިޓު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އިހުސާން އެހެން ވިދާޅުވީ، ބަންގްލަދޭޝްގެ ލޭބަރުން ގެނައުމަށް ވަކި ލިމިޑެޓެއް ކަނޑައަޅާފައި އޮތް ސަބަބާއި އެއީ ވަކި ގައުމެއްގެ ބަޔަކަށް ތަފާތުކުރުން ނޫންތޯ ކޮމެޓީގެ މެމްބަރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އިހުސާން ވިދާޅުވީ މި ވަގުތު ރާއްޖޭގައި އޮތް ލޭބަރުންގެ ޑިމާންޑާއި ކުރިއަށް އޮތް ތަނަށް އަންދާޒާކުރެވޭ ޑިމާންޑަށް ބަލާއިރުގައި، ބަންގްލަދޭޝްގެ 100،000 ލޭބަރުންގެ ލިމިޓަކީ އުވާލަންޖެހޭ ނިންމުމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ފަހުގައި ނޫނީ އެއީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖޭގައި 280،000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު، އިހުސާން ވިދާޅުވި ގޮތުގައި ބޯޑާ ކޮންޓްރޯލް ސިސްޓަމާއި އެކްސްޕަރިޓޭޑް ސިސްޓަމް މެދުވެރިކޮށް ބެލި ބެލުމުން ރާއްޖޭގައި މި ވަގުތު 90،624 ބަންގުލަދޭޝްގެ މަސައްކަތްތެރިން އެބަ ތިއްބެވެ.
ނަމަވެސް ލިމިޓް ހަމަވާން ބާކީ 9،000 ޖާގަ އޮތުމުން އެ އަދަދަށް މީހުން ގެންނަން ސަރުކާރުން ދިން ހުއްދަ އާއެކު ކުރިން ބްލެކް ލިސްޓުކޮށްފައި ހުރި ބައެއް ކުންފުނިތަކަށް ދީފައި ހުރި ކޯޓާތަކަށް ގަވާއިދާ ހިލާފަށް ބޭރު މީހުން އެތެރެކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި