ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ވަނީ މެނިންގްޖައިޓީސް ވެކްސިން ފުރިހަމަކޮށްފައި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކޯޕަރޭޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުރިހާ ހައްޖުވެރިން ވެސް ވަނީ ސައުދީ ހައްޖު މިނިސްޓަރީގެ ގައިޑްލައިންތަކާއި އެއްގޮތަށް، ފުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ހުރިހާ ވެކްސިނެއް ފުރިހަމަކޮށްފައި ކަމަށެވެ.
އެގޮތުން ހައްޖުވެރިން ވަނީ ޕޯލިއޯ، މެނިންގްޖައިޓީސް އަދި އިންފުލުއެންޒާ ވެކްސިން ފުރިހަމަކޮށްފައި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
އެޗްޕީއޭއިން މިރޭ ބުނީ މެނިންގޮކޯކޮލްގެ ކޭސް އެއް މިއަދު ރާއްޖެއިން ފެނިފައިވާ ކަމަށެވެ. އެޗްޕީއޭއިން ބުނީ އިންވޭސިވް މެނިންގޯކޮކްލިން ބަލީގެ ކޭސްއެއް ފެނުމާއި ގުޅިގެން ކަމާބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިން ހަދާ، ކޮންޓްކެޓްވީ ފަރާތްތަކަށް މައުލޫމާތުދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ވަނީ ފަށައިފައި ކަމަށެވެ.
އަދި ބުނީ މިއަހަރު ހައްޖަށް ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށެވެ.
އިންވޭސިވް މެނިންގޯކޮކަލް ބަލީގެ އަލާމަތްތައް:
ބޮލުގައި ރިއްސުން
ކަނދުރާ ވާންވުން
މޭނުބައިކޮށް ހޮޑުލެވުން
ވާނުވާ ނޭނގޭ ގޮތްވުން
ގައިގައި ރަތްބިހި/ލައްތަކެއް ނެގުން
ފިޓުޖެހުން
އަލި ގަދަވުމުން އުނދަގޫވުން
ވަރުދެރަވުން
ނޭވާ އަވަސްވުން
ކޮންޓެކްޓުންގެ ގޮތުގައި ބެލެވޭ މީހުންނަކީ:
ބަލިމީހާއާ އެއް ގެއެއްގައި ދިރިއުޅޭ މީހުން
ބަލިމީހާއާ އެއްކޮށް ވަރަށް ގިނައިރު އެއް ބަހެއްގައި، ނުވަތަ އެއް މަތިންދާބޯޓެއްގައި ދަތުރުކުރި މީހުން
ބަލި މީހާގެ ކުޅުފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔައަކަށް ހުށަހެޅިފައިވާ މީހުން
އެ ބަލި ޖެހިފައިވާ މީހާއާއެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މެނިންގޮކޯކަލް މެނިންޖައިޓިސް ޖެހުމުން, ސިކުނޑިއާއި ސްޕައިނަލް ކޯޑުގެ ވަށަގެން ހުންނަ ދުލިފަށަލަ އިންފެކްޓުވެ, ދުޅަވެއެވެ. މެނިންގޮކޯކަލް ލޭގެ އިންފެކްޝަން ޖެހުމުން, ބެކްޓީރިއާ ލޭގައި ދައުރުވެ, ލޭހޮޅިތަކަށް ގެއްލުންދެއެވެ. އޭގެ ސަބަބުން ގުނަވަންތަކުން ލޭ އަންނަން ފަށައެވެ.
1 Comment
ގުޅުންހުރި
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި
އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވުމުން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް