ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އިދާރާ އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ޝަމްނާޒާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އެ މައްސަލައިގެ ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަމްނާޒްއާ ގުޅޭ ގޮތުން ބަލަމުންދަނީ ސިޔާސީ ގޮތުން ރައީސް މުއިއްޒުއާ ކައިރިވުމަށް ސިހުރު ހެދި ކަމުގެ މައްސަލައެކެވެ.
މީގެ ކުރިން މާލެ ސިޓީ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. ދެ ބޭފުޅުން ވަރިވީ ވަރަށް ފަހުންނެވެ. ވަރިވި އިރު، ދެ ބޭފުޅުންގެ ދަރިންވެސް އެބަ ތިއްބެވެ.

ގުޅުންހުރި
ތިން ބޯޓަކުން 4،720 ބަސްތާ ފިޔާ ބާލައިފި: އެމްޕީއެލް
3.6 މިލިއަން ރުފިޔާ މޯލްޑިވިއަންއަށް ދެއްކުމަށް އެމްޑީޕީގެ މައްޗަށް ހުކުމްކޮށްފި
މޫސަގެ އޮޓޮޕްސީ ހަދަން، ހަށިގަނޑު ބޭރަށް ފޮނުވަނީ
މައުރޫފް އެޗްޑީސީގެ އެމްޑީ މަގާމުން އިސްތިއުފާ ދެއްވައިފި
ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މެޓު
ރަޝިއާ ކައިރިއަށް 8.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް؛ ސުނާމީގެ އިންޒާރު ނެރެފި