ޖަލުގެ ގޮޅިތައް ބަލާފާސްކުރަން މާފުށީ ޖަލުގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 29 ފޯނާއި އިލެކްޓްރޯނިކް ގިނަ އަދަދެއްގެ ސާމާނާއި ބަނގުރާ އަތުލައިގެންފި އެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި އޮޕަރޭޝަނަކީ މާފުށި ޖަލަށް ގަވައިދާ ހިލާފަށް އެތެރެކުރަމުންދާ ތަކެތި އަތުލައި، ޖަލުގައި ގާނޫނާއި ގަވައިދާ ހިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ހޯމް މިނިސްޓްރީގެ އެދުމުގެ މަތިން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
އެ އޮޕަރޭޝަންގައި ފުލުހުންނާއެކު އެމްއެންޑީއެފް އަދި ކަރެކްޝަންސްގެ އޮފިސަރުން ހިމެނޭ ގޮތަށް 300 އަށްވުރެ ގިނަ އޮފިސަރުން ބައިވެރިވި ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ އޮޕަރޭޝަންގައި މިއަދު މާފުށި ޖަލުގެ އަށް ޔުނިޓެއް ބަލާފާސްކޮށް 29 މޯބައިލް ފޯނާއި 17 ޗާޖަރާއި 12 ހެޑްސެޓާއި ތިން ޕެންޑްރައިވްއާއި ތިން އިއާޕޮޑާއި އަދި ދެ ސިމް ކާޑުގެ އިތުރުން ހަތަރު ބޮގަރު ފުޅި އަތުލައިގެންފައިވާ ކަމަށެވެ.
އެ ހުރިހާ ތަކެއްޗެއް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.




ގުޅުންހުރި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނެ ކަމެއް: ހުތުބާ
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ހިޔާ އާއި ވެށިފަހި ކެޓަގަރީއަށް ހުށަހެޅުމުގައި ލުޔެއް
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް