ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކުގެ މަގާމުތަކަށްދޭ މުސާރަ އާއި އިނާޔަތްތަކާ އަޅައި ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ދައުރަކުން ދައުރަކުން އިތުރުނުވާ ގޮތަށް ހިފަހައްޓަން ފެނޭތޯ ބަލަން އޭނާ މިއަދު ހުށަހެޅުއްވި ގަރާރަށް ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ސިޓީ ކައުންސިލެއްގެ މެންބަރަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000ރ. ލިބޭއިރު މަޖިލީހުގެ މެންބަރަކަށް އަސާސީ މުސާރައިގެ ގޮތުގައި ލިބެނީ މަހަކު 42،500ރ. ކަމަށެވެ.
”ރައްޔިތުންގެ ތެރޭގައި ވެސް ވަރަށް ގިނައިން ދެކެވޭ ވާހަކައެއް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ (ބޮޑު ވާހަކަ)، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ރައްޔިތުންގެ މަޖިލީހަށް ލިބޭ މުސާރަ ކުޑަ، އިއްޒަތްތެރި ރައީސް، މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރަ ކުޑަ،“ ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މަޖިލީހުގެ މެންބަރުންނަށް ލިބޭ އިންޝުއަރެންސާއި އެހެނިހެން އިނާޔަތްތައް މެންބަރުކަމުން ވަކިވުމަށް ފަހު ލިބޭ އުސޫލު ރަނގަޅު ނޫން ކަމަށާއި މެންބަރުންގެ އަދަދު މަދުކުރަން ވެސް އޭނާ ތާއީދު ކަމަށެވެ.
ގުޅުންހުރި
ޑީއެންއާރު ތެރޭގައި ޕީއެންސީއަށް ފޯމު ފުރިކަމަށް އިސްވެރިން އިއުތިރާފުވެއްޖެ
އެފްއޭއެމް ހިޔާނަތް: އިތުރު ބައެއްގެ މައްޗަށް ދައުވާކޮށްފި
ހުޅުމާލެ މަގުތަކުގައި ހުރި ބާ ވެހިކަލްތައް ނަގަން ފަށައިފި
ވާދޫ އިޔާދަކުރަނިވި ހަކަތައަށް އެއްކޮށް ބަދަލު ކުރަން ބޭނުންވިޔަސް އެއީ ވައުދެއް
ހިންދޫ ފާދިރީއެއް އަނެއްކާވެސް ރާއްޖެ އައިސް ރޫހާނީ ފަރުވާދޭ ކަމަށް އިޝްތިހާރުކުރަނީ
ތިން އަހަރުގެ ކުއްޖަކަށް މެއިޑަކު އަނިޔާކުރި މައްސަލައެއް ބަލަނީ