ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ނިންމާފައިވާތީ ކައުންސިލްތަކުގެ ހަރަދު ކުޑަ ކުރުމަށްޓަކައި ދަތުރުތަކާއި ހަފުލާތަކާއި ކުޅިވަރު މުބާރާތްތައް ނުބާއްވަން ސަރުކާރުން އަންގައިފި އެވެ.
ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ސޮއި ކުރައްވައި ސިޓީ ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށާއި އަދި ރަށު ކައުންސިލްތަކަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ހަރަދުތައް ކުޑަކުރަން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފައިވާއިރު، ކައުންސިލްތަކުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދެއްވުމަށް އެދޭ ކަމަށެވެ.
އެގޮތުން ކުރުމަށް ފަސް ކަމެއް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- މިވަގުތު ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ނޫނީ ނުކުރުން.
- ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުން.
- މުނާސަބަތުތަކާ ގުޅިގެން ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާއެއް ފިޔަވައި އެއްވެސް ހަރަކާތެއް ނުބޭއްވުން.
- އެއްވެސް ހަފުލާއެއް ނުވަތަ ކުޅިވަރު މުބާރާތެއް މި ދުވަސްވަރު ނުބޭއްވުން.
- ސަރުކާރުގެ އިދާރާތަކާއި ބައްދަލުކުރަން މާލެ އައުމުގެ ބަދަލުގައި އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުން.
ކައުންސިލްތަކުގެ ހަރަދުތައް ކުޑަކުރަން ސަރުކާރުން އެންގި އިރު، ބައެއް އަތޮޅު ކައުންސިލްތަކުން ދުބާއީއާއި ތުރުކީ އަދި ބެންކޮކް ފަދަ ގައުމުތަކަށް ބޭކާރު ދަތުރުތައް ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ މަޖިލީހުގައި ވިދާޅުވެފަ އެވެ.




ގުޅުންހުރި
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ
އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު!
ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ މީހުންގެ ގުރުއަތުލުން ފަށައިފި
އާޒިމް, ރައީސް މުއިއްޒަށް: އޮޅުވާލަން ނޫޅުއްވާ, ވައުދުވި ދެ ލައްކަ ކޭޝް
ފަހި ފްލެޓުތަކުގެ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަން ނިންމައިފި
ހަންގަނޑު އުޖާލާކޮށްދިނުމުގެ އިތުރުން އަލަނާސިން އަންހެނުންނަށް ވަކި ފައިދާއެއް ލިބޭތަ.؟