ވޯލްޑް
ކަޕް

ވޯލްޑް ކަޕުން ކެޓުމާއެކު އެކުއެޑޯގެ ކޯޗުކަމުން ބެކަސެސޭ އިސްތިއުފާދީފި 

ސެބަސްޓިއަން ބެކަސެސޭ -- ފޮޓޯ: ރޮއިޓާސް

ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި 2-0 އިން ބަލިވުމާއެކު އެކުއެޑޯގެ ކޯޗު ސެބަސްޓިއަން ބެކަސެސޭ، މަގާމުން އިސްތިއުފާދީފިއެވެ.

މެކްސިކޯގެ އެޒްޓެކާ ސްޓޭޑިއަމްގައި އަންގާރަ ދުވަހު ކުޅުނު މެޗުގައި މެކްސިކޯއިން ފެށުމާ ހިސާބުން ރަނގަޅު ކުޅުމެއް ދައްކައި ފުރަތަމަ ހާފު ކޮންޓްރޯލުކޮށްފައިވެއެވެ. ދެވަނަ ހާފުގައި އެކުއެޑޯއިން ރަނގަޅު ކުޅުމެއް ދައްކައި ބޯޅަ ގެންގުޅުނު ނަމަވެސް، މެކްސިކޯގެ ޑިފެންސް ފޫއަޅުވައިނުލެވުނެވެ. ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި ހޯދި ކާމިޔާބީގެ ރޫހުގައި ނޮކްއައުޓް ބުރަށް ނުކުތް ނަމަވެސް އެކުއެޑޯއަށް މެކްސިކޯ ހުއްޓުވައެއް ނުލެވުނެވެ.

”އަހަރެންގެ ކޮންޓްރެކްޓް ނިމޭނީ ވޯލްޑް ކަޕާ ހިސާބުން. ވައުދުވި ފަދައިން މިއީ އެންމެ ރަނގަޅު ވޯލްޑް ކަޕަށް ހެދުމުގައި ކާމިޔާބެއް ނުލިބުނު. މިއީ އަލްވަދާއު ކިޔަންވީ ވަގުތު“ ބެކަސެސޭ ބުންޏެވެ.

ކޯޗު ބެކަސެސޭ ބުނީ ކުރިއަށް ދާން ބޭނުންވި ސަބަބަކީ ކުޅުންތެރިންނާއި މެނޭޖްމެންޓުގެ ފަރާތުން ލިބުނު އެއްބާރުލުމުން ކުރިއަށް ދެވެން އޮތީމާ ކަމަށާއި ދޫކޮށް ދާން ޖެހުމުން ހިތާމަކުރި ނަމަވެސް ނިންމުން ސާފު ކަމަށެވެ.

”ފުރަތަމަ ހާފުގައި މެކްސިކޯ، އަހަރެމެންނަށްވުރެ މާ ރަނގަޅަށް ކުޅުނު. ދެވަނަ ހާފުގައި ހިތްވަރު ކުރިން ނަމަވެސް ހިތްވަރު ލިބޭނެ، ގޯލެއް ނުޖެހުނު،“ އޭނާ ބުންޏެވެ.

ކެޓުމުގެ ހިތާމައިގައި ވެސް ކޯޗު ބެކަސެސޭ ފާހަގަކުރީ ޓީމާއެކު އުފެދުނު ގާތް ގުޅުމެވެ. ދޫކޮށްފައި ދާ ލެގަސީއާ ބެހޭގޮތުން ސުވާލުކުރުމުން ބެކަސެސޭ އެ ޝަރަފު ދިނީ ކުޅުންތެރިންނަށެވެ.

”ލެގަސީ އޮތީ ކުޅުންތެރިންގެ ފަރާތުން. ސަބަބަކީ މިއީ އެކުއެޑޯގެ އެންމެ ޒުވާން ޓީމު ކަމަށްވާތީ. އެއްވެސް ޝަކުވާއެއް ނެތް، އޮތީ ހަމައެކަނި ރައްޔިތުންނާއި ކުޅުންތެރިންނަށް ޝުކުރު،“ އޭނާ ބުންޏެވެ.