ފުވައްމުލަކުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި މީހަކު ހައްޔަރުކުރަން އަމަލުކުރި ގޮތާ މެދު ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އެ މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި ދެ ފުލުހަކު ވެގެން ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރަން އޭނާ ބިންމައްޗަށް ވައްޓާލަ އެވެ. އަދި އެއް ފުލުހަކު ބިންމަތީގައި އޮތް މީހާގެ ކަރަށް ފައިން އަރައިގެން ހުރި އިރު، އަނެއް ފުލުސް މީހާ އޭނާގެ އަތުގައި ބިޑި އެޅުވުމަށް އަނިޔާވެރި ގޮތަކަށް އަތް ލަންބުވާލާ ތަން ވެސް ފެނެ އެވެ.
މި ވީޑިއޯ އާންމުވުމާ އެކު ފުލުހުން އަމަލުކުރި ގޮތާ މެދު ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު، ބައެއް މީހުން ދަނީ އެމެރިކާގެ މިނިއާޕޮލިސްގައި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑުގެ ކަރަށް ފައިން އަރައި މަރާލި ފަދަ އަމަލުތައް ރާއްޖޭގައިވެސް ފެންނަން ފެށީތޯ ސުވާލު އުފައްދައިފަ އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެފަދަ އެއްވެސް އަމަލަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ހަމަތަކުގެ ތެރެއިން އަދި އެ ހިދުމަތުން ބަލައިގަންނާނެ އަމަލެއް ނޫން ކަމަށެވެ.
”މި ހާދިސާ ތަހުގީގު ކުރުމަަށް ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި ފުލުހުން ވާނީ މިހާރު އެދިފައި. އެއްވެސް މިންވަރެއްގެ އަނިޔާވެރި އަމަލަަކަށް ދިވެހި ފުލުހުން ހިތްވަރު ނުދޭނެ ކަމުގައި ދަންނަވަން،“ ޝިފާން ވިދާޅުވި އެވެ.




ގުޅުންހުރި
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ހިޔާ އާއި ވެށިފަހި ކެޓަގަރީއަށް ހުށަހެޅުމުގައި ލުޔެއް
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ތިއުޅެނީ ކޮންކަމަކުން ސަލާމަތް ނުވެވިގެން ހެއްޔެވެ؟
ސީޕީ ނަވީން ރިޓަޔާކުރައްވައިފި