ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ތ. ގާދިއްފުށި ބްރާންޗުގެ މެނޭޖަރުގެ މަގާމުގައި ބޭފުޅަކު ހުއްޓައި އިތުރު މެނޭޖަރެއް ނެގި ކަމަށް ބުނެ ފަތުރާ ވާހަކަތައް ފެނަކަ އިން ދޮގުކޮށްފި އެވެ.
އެކަމުގެ ހަގީގަތް ހިއްސާ ކުރަމުން ފެނަކައިން ބުނީ، ކުންފުނީގެ ހިންގުމަށް ގިނަ ބަދަލުތަކެއް ގެނެސް، ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ބްރާންޗުތަކާއި ހަވާލުވެ ހުންނަ މެނޭޖަރުން ބަދަލު ކުރުމަކީ ހެދިފައިވާ އުސޫލުތަކުގެ ތެރެއިން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
އެގޮތުން ގާދިއްފުށި ބްރާންޗު ހިންގުމަށް އާ މެނޭޖަރެއް ހަމަޖައްސާފައިވަނީ ވެސް އުސޫލުގެ ތެރެއިން، ކުރިން ހުރި މެނޭޖަރުގެ މަގާމު ބަދަލުކޮށް އެކަން އެ ފަރާތައް އެންގުމަށްފަހު ކަމަށް ފެނަކަ އިން ބުންޏެވެ.
“މި ކުންފުނިން ހިންގާ މަޝްރޫއުތަކާއި ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ކުރަމުން ގެންދާ އެއްވެސް މަސައްކަތެއް އުސޫލުތަކާއި ހިލާފަށް ނުކުރާނެ ކަމުގެ ޔަގީންކަން ކަސްޓަމަރުންނާ ހުރިހާ ރައްޔިތުންނަށް އަރުވަމެވެ،“ ފެނަކައިން ބުންޏެވެ.




ގުޅުންހުރި
ކައުންސިލް އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި