އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރަސްމީ ދަތުރެއްގައި އެމެރިކާއަށް ވަޑައިގެންފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ސައީދު، އެމެރިކާއަށް ކުރައްވާ ދަތުރަކީ އެ ގައުމާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ މުއާމަލާތްތައް ފުޅާކޮށް، އިންވެސްޓްމެންޓްތައް އިތުރުކުރުން މަގުފަހިކުރުމަށް ކުރައްވާ ދަތުރެއް ކަމަށެވެ. އެ ދަތުރުގައި އެމެރިކާގެ ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ އިސް ފަރާތްތަކާ ސައީދު ބައްދަލުކުރައްވާނެ ކަމަށްވެސް ބުންޏެވެ.
އޭގެ ތެރޭގައި ޓްރޭޑް މަންދޫބުން، އެމެރިކާގެ ޗެމްބާ އޮފް ކޮމާސްގެ މެންބަރުން އަދި އެހެނިހެން ސަރުކާރުގެ އިދާރާތަކުގެ ބޭފުޅުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސައީދު، އެމެރިކާއަށް މިއަދު ވަޑައިގެންނެވި އިރު، މިއީ 15 ދުވަސް ތެރޭގައި އޭނާ ރާއްޖެ އިން ބޭރަށް ކުރައްވާ ދެވަނަ ދަތުރެވެ.
ސައީދު ވަނީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު ރަސްމީ ދަތުރެއްގައި ޗައިނާއަށްވެސް ވަޑައިގެންފަ އެވެ. އަދި މިދިޔަ މަހު ފަހުކޮޅު ފޮރިން މިނިސްޓަރު މޫސާ ޒަމީރުވެސް ވަނީ ރަސްމީ ދަތުރެއްގައި އެމެރިކާއަށް ވަޑައިގެންފަ އެވެ.




ގުޅުންހުރި
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ނުވިސްނަން: ޓްރަމްޕް
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ހަމަލާތަކަކަށްފަހު އެމެރިކާއިން ވެނެޒުއޭލާގެ ރައީސް ހައްޔަރުކޮށްގެން ގެންގޮސްފި
ސައީދަށް ”ދުއްޕާނަކަށް“ވީ އެއާޕޯޓު މިހާރު ތަރައްގީގެ ނާރެހަކަށް!
އެމެރިކާ އިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން ފަށަން ޓްރަމްޕް އަމުރުކޮށްފި