ރާއްޖޭގެ ބޮޑެތި މަގާމުތަކުގައި ދިވެހި ޒުވާނުންގެ ބަދަލުގައި ބިދޭސީން ތިބީ ދިވެހި ޒުވާނުން ކަންނެތްވުމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަތީ ތައުލީމާއި ތަމްރީނުގެ ބިލަށް ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ ރާއްޖެއަކީ ތައުލީމީ ޒުވާނުން ގިނަ ގައުމެއް ކަމަށެވެ. ނަމަވެސް ކިޔަވައިގެން ވަޒީފާގެ މާހައުލަށް ނުކުތުމުން އެ ޒުވާނުންގެ ފަރާތުން އުފެއްދުންތެރިކަން ނުފެންނަ ކަމަށާއި އެއީ ނިޒާމުގައި ހުރި މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.
އެ މައްސަލަތައް އުޅެނީ ތައުލީމީ ނިޒާމުގެ ކޮން ހިސާބެއްގައިތޯ ބަލައި ހޯދަންޖެހޭ ކަމަށް ޒަރީރު ވިދާޅުވި އެވެ.
”މިއަދު އަޅުގަނޑުމެންނަށް ވަޒީފާއަދާކުރާ ހުރިހާ ތަނަކުން ވެސް އިވެނީ ފަރުވާކުޑަކަން. ޒިންމާ އަދާނުކުރެވޭކަން. 8:30 އަށް އޮފީހަށް އައިއްސަ 9 ޖަހާއިރު ކޮފީއަށް، އަނެއްކާ 10 ޖަހާއިރު ކޮންމެސް ރައްޓެއްސަކާ ބައްދަލުކޮށްލަން. އެެހެން 8 ގަޑިއިރު މަސައްކަތްކުރާ އިރު ހަގީގަތުގައި ރާއްޖޭގައި މަސައްކަތުގެ މާހައުލުގައި ގިނަ ބޭފުޅުން ހޭދަކުރަނީ 8 ގަޑިއިރުގެ ތެރެއިން 3 ގަޑިއިރު،“ ޒަރީރު ވިދާޅުވި އެވެ.
ޒުވާނުން، ޒިންމާދާރުނުވުމުގެ ސަބަބުން ޕްރައިވެޓް ސެކްޓާތަކަށް ޒިންމާދާރު، މަސައްކަތުގެ މާހައުލަށް ވަފާތެރި، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ، ބޭރު މީހުން ގެންނަން މަޖުބޫރުވާ ކަމަށް ޒަރީރު ވިދާޅުވި އެވެ.
ދިވެހި ތައުލީމީ ޖީލަކީ ބިނާކުރަނިވި، މަސައްކަތްތެރި، ޒިންމާދާރު، ބަޔަކަށް ހެދޭނެ މެކޭނިޒަމެއްގެ ތެރެއިން ތައުލީމީ ނިޒާމް ބައްޓަންކުރުން މުހިންމު ކަމަށް ޒަރީރު ވިދާޅުވި އެވެ.




178 Comments
ގުޅުންހުރި
ބެއިރޫތުގެ ދެކުނު ސަރަހައްދުތަކުން މީހުން ހުސްކުރުމަށް އަމުރުކޮށްފި
ޕީއެންސީން މި ނުކުތީ އައްޑޫގެ ރަސްކަމެއް ނިންމަން، މިފަހަރު ތަފާތު ފެންނާނެ:
އުނގޫފާރަށް އުނގުލު، ވަށަފަރަށް ކަނޑާލިފިނޮޅު
ފަރުހާދުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާބިތެއް ނުވޭ: އިހުސާން
އީރާންގެ ވަރުގަދަ އިންޒާރެއް އެމެރިކާއަށް: މަނަވަރު ފައްތާލިކަމުގެ ހިތި ނަތީޖާއާ ކުރިމަތިލާންޖެހޭނެ!
ޝީޝާ މަނާ ކުރުމާއެކު ހަކުރުން ޓެކްސް ނެގުމަށް މަޝްވަރާކުރަނީ