ރާއްޖެ-އެމެރިކާގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ފްރޭމްވޯކް އެގްރީމަންޓް (ޓީއައިއެފްއޭ) ކައުންސިލުގެ ތިންވަނަ ބައްދަލުވުން އެމެރިކާގެ، ވޮޝިންޓަންގައި މިދިޔަ ބުދަ ދުވަހު ބާއްވައިފި އެވެ.
އެބައްދަލުވުމުގައި ކޯޗެއާއެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އެ ބައްދަލުވުމުގައި އެމެރިކާއިން ދެކުނު އަދި ސެންޓަރަލް އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޔުނިއިޓެޑް ސްޓޭޓްސް ޓްރޭޑް ރެޕްރެޒެންޓޭޓިވް އެސިސްޓެންޓް، ބްރެންޑަން ލިންޗް ވެސް ބައިވެރިވެ ވަޑައިގަތެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ދެ ގައުމުގެ ކުރިއެރުމަށް އިގްތިސޯދީ ގުޅުމާއި ވިޔަފާރި އާއި އިންވެސްޓްމަންޓް ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ކަމަށެވެ. އަދި ބައިނަލްއަގުވާމީ ކޮމާޝަލް ޕްލެޓްފޯމްތަކާއި ޕޭމަންޓް ސިސްޓަމް ސޮލިއުޝަންތަކުގެ ފައިދާ ހޯދުމަށް ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުންނާއި އާޓިސްޓުންނާއި ވިޔަފާރިވެރިންނަށް ވެދެވޭނެ އެހީތެރިކަމަށް ރާއްޖެއިން އަލިއަޅުވާލައި މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދެން މަޝްވަރާކޮށްފައިވަނީ މަސައްކަތްތެރިންގެ ހައްގުތަކާއި ޑިޖިޓަލް ވިޔަފާރި އާއި ތިމާވެށީގެ ދާއިރާއިން ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި އެ ބައްްދަލުވުމުގައި ރާއްޖޭގެ ފަރާތުން ރައީސް މުހައްމަދު މުއިއްޒުގެ އިގްތިސޯދީ ތަސައްވުރު ހުށަހަޅައި އެމެރިކާގެ އެއްބާރުލުމަށް އެދިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.




2 Comments
ގުޅުންހުރި
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރު