ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނައަށް ބޮޑުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.
ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނިންމުން ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ މަނިކުފާނުމެން ކުޑައިރު ގުރުއާން ހިތުދަސް މީހުންނަކީ އަތުގެ އިނގިލިން ގުނާލެވޭހައި މަދު އަދަދެއްގެ ބައެއް ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.
އަދި ގުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ކަމަށާއި އެގޮތުން ގުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށް އަދި އެކަމަށް ހިތްވަރުދީ މަގުކޮށައި ދިނުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
”އެކަމަށްޓަކައި ވަސީލަތްތައް އިތުރުކުރެވޭނެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނައަށް ބޮޑުކުރެވޭނެ،“ ރައީސް ވިދާޅުވި އެވެ.
ކީރިތި ގުރުއާން އުނގަންނާ ދިނުމަށް ކީރިތި ގުރުއާނަށް ހާއްސަ ގައުމީ ހިޔާވެއްސެއް ހުރުމަކީ މުހިންމު ކަމެއް ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ މެނިފެސްޓޯގެ ވައުދުތަކާ އެއްގޮތަށް ގުރުއާނާ ބެހޭ ކަންކަން ކުރިއަށް ގެންދިއުމަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތް ކުރުމަށް ބިމެއް ހަމަޖެހިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ގުރުއާނާބެހޭ ހާއްސަ ދާއިމީ މަރުކަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމުކުރައްވަން ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި