އިތުރު ދެ ވަގުފު އިމާރާތް ހެދުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި ސަރުކާރުން ހަލުވި ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.
އެގޮތުން ކޮންމެ ކަމެއް ކުރުމުގައި މާލީ އެހީތެރިކަން ބޭނުންވާތީ އެކަމަށްވެސް ހާއްސަ ވިސްނުންތަކެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
”މި ވަގުތު މާލޭގައި ހުރީ ’ދާރުލް އީމާން’ގެ ނަމުގައި ހުރި އެންމެ ވަގުފު އިމާރާތެއް. މި އިމާރާތަށް އަހަރަކު ލިބެނީ 6 މިލިޔަން ރުފިޔާ. މި ސަރުކާރުގެ ވިސްނުމަކީ ދީނީ ކަންކަން ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ހޭދައަށް މާލީ ފުދުންތެރިކަން އިތުރުވާނެ އިތުރު ގޮތްތައް ހޯދުން. އެހެންކަމުން ’ދާރުއްސަލާމް’ގެ ނަމުގައި އާ ވަފުގު އިމާރާތެއް އެޅުމަށްޓަކައި މަސައްކަތް ކުރެވެމުން އެބަދޭ. ހަމަ އެހެންމެ ’ދާރުލްއަރްގަމް’ގެ ނަމުގައި އެހެން ވަގުފު އިމާރާތެއް އެޅުމަށް ބިމެއް ހަމަޖެހި އެ ބިން ރަޖިސްޓަރީކުރުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު ކުރިޔަށް ގެންދަވާނެ.“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ ހިލޭ ގުރުއާން ކިޔެވޭނެ ކުލާސްތައް އިތުރުކޮށް، އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރައްވާނެ ކަމަށެވެ. އަދި ގުރުއާނަށް ހާއްސަ ގައުމީ ހިޔާވައްސެއް ހުރުމަކީ މުހިންމު ކަމަކަށްވާތީ، މެނިފެސްޓޯގެ ވައުދުތަކާ އެއްގޮތަށް ގުރުއާނާބެހޭ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ގުރުއާނާބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ގުޅުންހުރި
ހައްޖަށް ދާ މީހުންގެ ކާޑަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަން
ކިތަންމެ ހިތްހަމަ ނުޖެހުނަސް މުއިއްޒުގެ ވެރިކަމަށްވުރެ ސޯލިހުގެ ވެރިކަން ރަނގަޅު: ޔާމީން
ނަރުހުންގެ އަގު، ކުރީ ސަރުކާރުތަކުން ވަޒަންނުކުރާ މިންވަރަށް ވަޒަންކުރާނަން: ރައީސް
ދުނިޔެ ދެކޭ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަތަލުންނަކީ މަންމައިން:
ސަރުކާރުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން ގެއިން މަސައްކަތްކުރާ ގޮތަށް ބަދަލުކުރަނީ
މޯލްޑިވްސް 2.0 ރައީސް އިފްތިތާހުކޮށްދެއްވައިފި