ކުޅިވަރު ކުރިއެރުވުމަށްޓަކައި މިހާތަނަށް ރާއްޖޭގެ ތާރީހު ނުދެކޭހާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
”ޕެރިސް 2024 އޮލިމްޕިކްސް“ ގައި ރާއްޖޭގެ ދިދަ އުފުލަން ހަމަޖެހިފައިވާ އެތުލީޓުންނާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖޭގައި އެކި ކުޅިވަރުތައް ކުރިއަރުވައި، އެ ކުޅިވަރުތަކުން އިންޓަނޭޝަނަލް ފެންވަރުގައި ގައުމަށް ރީތި ނަން ހޯދައިދެވޭ ފެންވަރަށް ރާއްޖޭގައި އިންފްރާސްޓްރަކްޗާ ގާއިމުކޮށް ވަސީލަތްތައް އިތުރުކުރުމަށް ޕްލޭން ކުރެވި މަސައްކަތް ފެށިފައިވާ ކަމަށެވެ.
”އިރާދަކުރެއްވިއްޔާ މިފަހަރު މި ބައިވެރިވާ ފަސް ކުޅިވަރުގެ އިތުރަށް އަދި ކުރިއަށް އޮތް މުބާރާތްތަކުގައި އިތުރު ކުޅިވަރުތަކަށް ރާއްޖޭގެ ފަރާތުން އެތުލީޓުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބޭ ފެންވަރަށް ރާއްޖޭގެ ކުޅިވަރު ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތު،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އަންނަ އަހަރުން ފެށިގެން ސްޕޯޓްސް މިނިސްޓްރީއަށް ކަނޑައަޅާ ބަޖެޓުގައި ރާއްޖޭގައި ކުޅިވަރު އިންފްރާންސްޓްރަކްޗާ އިތުރުކުރުމަށް އިސްކަމެއް ދެއްވާނެ ކަމަށެވެ.
”ބަޖެޓު ފާސްކުރެވިގެންދާއިރު، ކުޅިވަރު ކުރިއެރުވުމަށްޓަކައި އިރާދަކުރެއްވިއްޔާ މިހާތަނަށް ރާއްޖޭގައި ނުކުރެވޭ މިންވަރަށް މަސައްކަތް ކުރެވޭނެ. ރާއްޖޭ ތާރީހުގައި ނުދެކޭ ފެންވަރަށް ރާއްޖޭގައި އެކި ކުޅިވަރުތައް ކުރިއަށް ގެންދިއުމަކީ، އަޅުގަނޑުމެން އެންމެވެސް ބޭނުންވާ ގޮތް. އެއީ، އަޅުގަނޑުމެންގެ ސިޔާސަތަކީ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ބައިވެރިވުމަށް ރާއްޖޭގެ އެތުލީޓުންނަށް ލިބޭ ފުރުސަތުތައް އިތުރުކުރުމަށާއި އެތުލީޓުންނަށް ރާއްޖެއިން ބޭރުން ތަމުރީނު ހޯދައި ކުރިއެރުވުމަށްޓަކައި ކޮށްދެވެން ހުރި ހުރިހާ މަސައްކަތްތައް ތަރުތީބު ކުރުމަކީވެސް އެ މަނިކުފާނުގެ ސިޔާސަތެއް ކަމަށެވެ.




ގުޅުންހުރި
”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފަށައިފި
ސިވިލް ސާވަންޓުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފި
”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފެށުމަށް ބާއްވާ ދުވުން ފަށައިފި
އިބޫ، ރައީސް މުއިއްޒަށް: ކިތަންމެ ވަރަކަށް އެއާޕޯޓުތައް ހަދާނެ ކަމަށް ވިދާޅުވިޔަސް،
ރިވެތި އަހުލާގުގެ ވެރިޔަކަށް ވާށެވެ! އެއީ ގިޔާމަތް ދުވަހުގައި އެ މީހާގެ
ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ، މާފުއްޓަށް ފައިބަން ބޭނުމެއް ނޫން: