އޭޑީކޭގައި މަސައްކަތް ކުރައްވާ، ރާއްޖޭގެ ފުރަތަމަ ނިޔުރޯސާޖަން ޑރ. އަލީ ނިޔާފް ނުވަ އަހަރަށް ފަހު އެ ހޮސްޕިޓަލުން ވަކިވެވަޑައިގެންފި އެވެ.
ނިޔާފް އޭޑީކޭ އިން ވަކިވެވަޑައިގަތުމުން އެ ހޮސްޕިޓަލުގެ މެނޭޖުމެންޓާއި މުވައްޒަފުންގެ ފަރާތުން ނިޔާފަށް ވަނީ ޝުކުރު އަދާކޮށް، ހެޔޮ އެދުންތައް ފޮނުވައިފަ އެވެ.
އޭޑީކޭ ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ، ނިޔާފުގެ ކެރިއަރުގެ އާ ސޮފުހާއެއް ފައްޓަވާއިރު ފާއިތުވި ނުވަ އަހަރާއި 10 މަހު އޭޑީކޭ ހޮސްޕިޓަލަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށެވެ.
އަދި އެ ހޮސްޕިޓަލުގެ ނިޔުރޯ ސާޖަރީ ޑިޕާޓުމެންޓުގެ ކުރިއެރުމުގައި ނިޔާފުގެ މިންނެތް މަސައްކަތް މުހިންމު ކަމަށްވެސް ބުނެފައިވެ އެވެ.
”އޭޑީކޭ އާއިލާގައާއި މި ހޮސްޕިޓަލުގެ ނިޔުރޯސާޖަރީ ޑިޕާޓުމެންޓުގައި ނިޔާފަށް އަބަދުވެސް ހާއްސަ މަގާމެއް ދެވިފައިވާނެ،“ އޭޑީކޭގެ ޕޯސްޓުގައި ބުނެފައިވެ އެވެ.
ނިޔާފު އޭޑީކޭ އިން ވަކިވެވަޑައިގެންފައިވަނީ އައިޖީއެމްއެޗުގައި މަސައްކަތް ކުރެއްވުމަށެވެ.
އެކަން ކަށަވަރު ކޮށްދެއްވަމުން ނިޔާފުގެ ބޭބެ އަދި އޭޑީކޭގެ ކުޑަކުދިންގެ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފު ވަނީ ނިޔުރޯސާޖަން ނިޔާފާ އެކު އައިޖީއެމްއެޗުގެ ނިޔުރޯސާޖަރީ ޑިޕާޓުމެންޓަށް ފާގަތިކަމާއި ކުރިއެރުން އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް އައިޖީއެމްއެޗުގައި ނިޔާފް ބައްލަވަން ފައްޓަވާނެ ދުވަހެއް އަދި ނޭނގެ އެވެ.
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ކުރީގެ ރައީސް ނިޔާފު މިހާތަނަށް 2،000އަށް ވުރެ ގިނަ ނިޔުރޯސާޖަރީ އަދި ޕްރޮސީޖާތައް ހައްދަވާފައިވާއިރު، އޭނާއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ލައިވްކޮށް ދެއްކި އޮޕަރޭޝަންގައި އިސްކޮށް ހުންނެވި ޑޮކްޓަރެވެ.


ގުޅުންހުރި
72 ކިލޯގެ ޑުރަގް އެތެރެކުރި މައްސަލަ: ފުލުހުން ހެދި ގޯސްތަކެއްގެ ސަބަބުން
ދިވެހި އަންހެނަކު ތިން ފިރިހެނުންނާ ”އިނދެގެން“ އުޅޭ މައްސަލައެއް!
އެސްޓީއޯ އިން ބިހެއް ވިއްކާނީ 2ރ. އަށް، ކޭހެއް ވިއްކާނީ 310ރ.
އެސްޓީއޯ އިން ފިޔާ ކިލޯއަކުން 2 ރުފިޔާ އަދި ފިޔާ ބަސްތާއަކުން
އެޕްރީލް މަހުގެ 20 ގެ ކުރިން ބަޔާމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓް
ކިޔަވަން އިސް ނެގީ ޕީއެންސީގެ މެމްބަރުން، ކޯސް ފީ ދައްކަނީ އަމިއްލައަށް: