ޔޫރަޕް ކޮލިޓީގެ ބޭސް ސަރުކާރުގެ ފަރާތުން ފުރަތަމަ ފަހަރަށް ރާއްޖެ އެތެރެކޮށް އެސްޓީއޯއިން ވިއްކަން ފަށައިފި އެވެ.
ފިނޭންސް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އަދި އެންސްޕާ އާއި އާސަންދަ ގެ އިތުރުން އެސްޓީއޯ އާއި އެމްއެފްޑީއޭ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔޫރަޕް ކޮލިޓީގެ ހަތް ބޭހެއް މިހާރު އެސްޓީއޯއިން ވިއްކަން ފަށައިފައިވާ ކަމަށެވެ. އެ ބޭސްތައް ހޯލްސޭލްކޮށް ވެސް އަދި ރީޓެއިލްކޮށް ވެސް އެސްޓީއޯއިން ވިއްކާނެ ކަމަށް ސަރުކާރުން ބުންޏެވެ.
ސަރުކާރުން ބުނީ ބަލްކް ޕްރޮކިޔުމެންޓު ސިޔާސަތު ތަންފީޒުކުރަން ފެށުމާ ގުޅޭގޮތުން ބަލްކު ޕްރޮކިޔުމެންޓުގެ ދަށުން ބޭސް ގެންނަން ފެށުމާ އެކު ރާއްޖެ އަށް ބޭނުންވާ ހުރިހާ އަސާސީ ބޭހެއް ލިބެން ހުންނާނެ ކަމަށާއި އެ ބޭސްތަކަކީ ޔޫރަޕުގެ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅައިފައިވާ މިންގަނޑުތަކަށް އުފައްދައިފައިވާ ބޭސްތަކެއް ކަމަށެވެ. އަދި ބަލްކު ޕްރޮކިޔުމެންޓުގެ ސިޔާސަތުގެ ދަށުން ރާއްޖެއަށް އެތެރެކުރަން ހުއްދަ ދޭނީ ޑަބްލިއުއެޗްއޯގެ ލިސްޓެޑް ނުވަތަ ސްޓްރިންޖެންޓު ރެގިޔުލޭޓަރީ އޮތޯރިޓީގައި ރެޖިސްޓްރީކޮށް ޔޫއެންޑީޕީ އާއި އެމްއެފްޑީއޭގެ މިންގަނޑުތަކަށް ފެތޭ ބޭސްތަކަށް އެކަނި ކަމަށެވެ.
”މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި މި ސިޔާސަތުގެ ތެރެއިން ގެނެވި ބޭނުންކުރެވޭނީ ޔޫރަޕުގެ ގައުމުތަކުގައި ބޭނުން ކުރުމަށް އެ ގައުމުތަކުގެ ސިއްހީ އިދާރާތަކުން ހުއްދަ ދީފައިވޭ ބޭސް އެކަންޏެވެ.“ ސަރުކާރުން ބުންޏެވެ.
ބަލްކް ޕްރޮކިޔުމެންޓު ސިޔާސަތުގެ ދަށުން ރާއްޖެއަށް ބޭސް ގެންނާނީ ސީދާ އެ ބޭހެއް އުފެއްދި ކުންފުނިން ކަމަށް ސަރުކާރުން ބުންޏެވެ. އެ ބޭސްތައް އުފެއްދުމާއި ހަމައިންނާއި ބަލި މީހާއަށް ބޭސް ލިބުމާއި ހަމައަށް ބޭހުރެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށް ސަރުކާރުން ބުންޏެވެ.
ސަރުކާރުން ބުނީ ކޮލިޓީ ބޭސްތަކަށް މިހާރެކޭ އެއްގޮތަށް އާސަންދައިގެ ތެރެއިން ފުލް ކަވަރޭޖް ލިބޭނެ ކަމަށެވެ. ނަމަވެސް، އެއީ އާސަންދަ ނިޒާމުގައި ހުރި ބޮޑެތި ލީކޭޖުތައް ހުއްޓުވި، ބޭހުގެ އަގު ކޮންޓްރޯލްކުރަން މަގުފަހިވާނެ ކަމެއް ކަމަށް ބުންޏެވެ.

35 Comments
ގުޅުންހުރި
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ކާބޯތަކެތި މި މަހު 15ގެ ފަހުން
ހާއްސަ އޮފާ އަކާއެކު އެސްޓީއޯ އިން އެލްޖީ ޓީވީ ތައާރަފުކޮށްފި
އަޅުގަނޑަކީ ވަރަށް ކުޅިކޮށް ކާ މީހެއް, ކަނޑޫދޫ މިރުސް ވަރަށް މީރު:
ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުތައް 15.5 ޕަސެންޓް ދަށަށް
އެސްޓީއޯ އިން ހިޓާޗީ އޭސީއެއް ގަނެގެން ސައިކަލެއް ލިބުމުގެ ފުރުސަތު!
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު 23 ބާވަތެއް، އެތެރެކޮށް ވިއްކާނީ އެސްޓީއޯއިން